ޚަބަރު

"ހޫފިޔާ" ގައި ތާބޫ އަކީ ޖާސޫސެއް


ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް އެންމެ އަވަހަށް ގެނެސްދޭން ނިންމާފައިވާ ފިލްމު "ހޫފިޔާ" އިޢުލާނުކުރީއްސުރެ އެ ފިލްމަށް ބެލުންތެރިން އަންނަނީ ވަރަށް އިންތިޒާރުކުރަމުންނެވެ.

އެންމެ ފަހުން އެ އިންތިޒާރަށް ނިމުމެއް އައުމުގެ މަގު ފެނި މިހާރު ވަނީ ފިލްމުގެ ޓްރެއިލާއެއް ދައްކާލާފައެވެ. މި ފިލްމުގައި ތައްބޫގެ ކެރެކްޓާ އަކީ ސިއްރުން ފުރިގެންވާ ވަރަށް ޑާކް ކެރެކްޓާއަކަށް ވާނެ ކަމަށް ބެލެވެއެވެ.

"ހޫފިޔާ" ގައި ކިޔައިދެނީ ޖާސޫސަކާއި ލޯބިވެރިއެއްގެ ރޯލު ފެންނަ އެކެއްގެ ވާހަކައެވެ.


ސްޕައި ތުރިލާއެއް ކަމަށްވާ "ކޫފިޔާ" ގެ ޑައިރެކްޓަރަކީ ތާބޫގެ ކެރިއަރުގެ އެންމެ ފާހަގަށްލެވޭ ބައެއް ފިލްމުތައް ގެނެސްދިން ވިޝާލް ބަރަދްވާޖެވެ. މި ދެ މީހުން އެކީގައި ކުރިން ގެނެސްދިން މޮޅެތި ފިލްމުތަކުގެ ތެރޭގައި "މަގުބޫލު" އާއި "ހައިދަރު" ހިމެނެއެވެ.

ނެޓްފްލިކްސް މި އަހަރު ޕްރީމިއާކުރަން ހަމަޖެހިފައިވާ "ހޫފިޔާ" ގެ ކާސްޓްގައި އަލީ ފަޒަލް، ވަމީގާ ގައްބީ އަދި އާޝިޝް ވިދިއާތީ ހިމެނެއެވެ.