ދުނިޔެ

ދުރުރާސްތާ މިސައިލްގެ ކާމިޔާބީ އުތުރުކޮރެއާއިން ފާހަގަކޮށްފި


އުތުރުކޮރެޔާއިން ކުރި ދުރުރާސްތާގެ މިސައިލްގެ ކާމިޔާބީގެ އުފާ އެގައުމުގައި ފާޅުކޮށްފިއެވެ. އުތުރުކޮރެޔާގެ ވެރިރަށް ޕިޔޮންގްޔަންގްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ބައިވެރިވި ގިނަ މީހުން ބުނީ މިއީ ގައުމަށް ލިބުނު ނަސްރެއް ކަމަށާއި މިކަން އެގައުމުން ކުރިއަށް ގެންގޮސްފައި ވަނީ ބޭރުގެ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލުމަށްފަހު ކަމަށެވެ. އުތުރު ކޮރެއާއިން ކުރިއަށް ގެންދިޔަ މަޝްރޫއާއި ގުޅިގެން އެމެރިކާ އިން ހަރުކަށި ފިޔަވަޅުތަކެއް އަޅާނޭ ކަމުގެ އިންޒާރުދީފައިވީ ނަމަވެސް، އުތުރު ކޮރެއާ އިން ވަނީ މި މަޝްރޫއު ދިފާއުކޮށްފައެވެ. އެގައުމުގެ މީޑިޔާތަކުން ބުނާ ގޮތުގައި، މިފަދަ މަޝްރޫއުތަކެއް ހިންގާ، ތަރައްގީ ހޯދުމަކީ އެގައުމަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި، އެމެރިކާ އިން ފާޅުކުރާ ކަންބޮޑުވުންތަކަށް އަމަލުކުރެވޭނީ ވަކި މިންވަރަކަށް ކަމަށާއި ގައުމީ ތަރައްގީ އެފަދަ ކަންބޮޑުވުންތަކަށް ގުރުބާން ނުކުރެވޭނެ ކަމަށްވެސް އެގައުމުން ބުނެފައިވެ އެވެ.