ދުނިޔެ

ޓައިވާންގައި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް


ޓައިވާންގެ ބިންހެލުމަށް މިހާރު ތިން ދުވަސްވެފައިވާ އިރު، މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް އެގައުމުން ބުނެފިއެވެ. ޓައިނާން ސަރަހައްދަށް އައި ބާރު ގަދަ ބިންހެލުމުގައި ސަތޭކައަށް ވުރެ ގިނަ މީހުން މަރުވެފައިވުން އެކަށީގެންވާ ކަމަށް އެގައުމުގެ ސަރޗް އެންޑް ރެސްކިއު އިން ވަނީ ބުނެފަ އެވެ.  މިހާތަނަށް 38 މީހުން މި ހާދިސާގައި މަރުވެފައިވެ އެވެ. ގެއްލިފައިވާ ގިނަ ބަޔަކު އިމާރާތުގެ ތެރޭގައި ދަށުވެފައިވުމުގެ ސަބަބުން މީހުން ހޯދުމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެ އެވެ. ނަމަވެސް، މަސައްކަތް ލަސްވަމުންދާ ވަރަކަށް އިތުރު މީހުން ސަލާމަތް ކުރެވޭނެ ކަމާއި މެދު ޝައްކު އުފެދޭކަމަށްވެސް އެ އިދާރާ އިން ބުނެފައިވެ އެވެ.  ޓައިވާންގެ ޓައިނާންސިޓީ އަށް 6.4 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމާއި ގުޅިގެން އެ ސަރަހައްދުގައި ދަނީ އިމަޖެންސީ ހާލަތު އިއުލާންކޮށް، އެހީ ދިނުމާއި މީހުން ހޯދުމުގެ މަސައްކަތް މެދުކެޑުމެއްނެތި ކުރަމުންނެވެ.