ވިޔަފާރި

އެސްޓީއޯއިން ހިޓާޗީ ފްރިޖް ޕްރޮމޯޝަން ފަށައިފި


އެސްޓީއޯއިން ހިޓާޗީ ފްރިޖް ޕްރޮމޯޝަން ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ 25 ސެޕްޓެމްބަރ އިން 5 ނޮވެމްބަރގެ ނިޔަލަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ހުރިހާ ރީޖަނަލް ފިހާރަތަކެއްގައިވެސް ޕްރޮމޯޝަން ކުރިއަށްދާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ އައިޓަމްތަކުން %20އާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. އަދި ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް ވޮއުޗަރއެއް ލިބޭނެއެވެ. މި ގިފްޓް ވޮއުޗަރގެ ދަށުން އިނާމުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ ސުޕަމާކެޓް އައިޓަމްސްގެ ގޮތުގައި ހިމެނޭ، އާންމުކޮށް ފްރިޖުގައި ރައްކާކުރާ ބާވަތުގެތަކެއްޗެވެ.

ޕްރޮމޯޝަންގައި ހިމެނޭ ފްރިޖްތަކުގެ ތެރެއިން ކުރައްވާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މި ޕްރޮމޯޝަންގެ ކޫޕަން ލިބިވަޑައިގަންނަވާނީ ޑިޖިޓަލް ކޫޕަންއެއްގެ ގޮތުގައިކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.