ޚަބަރު

އެންސްޕާގެ ސީއީއޯގެ މަގާމަށް މަރްޔަމް ޝަފީޤު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް މ.މާފުށީގެ، މަރްޔަމް ޝަފީޤު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މަރްޔަމް ޝަފީޤު އެމަޤާމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން އެ މަޤާމު ފުރުއްވަމުން ގެންދެވި އިސްމާޢީލް ޢައްޒާމް ވަޖީހު އިސްތިއުފާދެއްވާފައިވާތީއެވެ.

މަރްޔަމް ޝަފީޤް ވަނީ ތައިލެންޑްގެ ޗުލަލޯންގކޯން ޔުނިވަރސިޓީން ހެލްތު އިކޮނޮމިކްސް ދާއިރާއިން މާސްޓަރ ޑިގްރީ ޙާސިލް ކުރައްވާފައެވެ.

މަރްޔަމް ޝަފީޤު މީގެ ކުރިންވެސް އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމާއި އެ އިދާރާގެ އިސް މަޤާމުތަކާއި ޞިއްޙީ ދާއިރާއާ އަދި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ.