އިންގްލަންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ޓީ20 ވަން ޑޭގެ ތިންވަނަ މެޗު ކާމިޔާބުކޮށް އިންޑިއާގެ އަންހެން ކްރިކެޓް ޓީމުން މި ސީރީޒް ކާމިޔާބުކޮށްފިއެވެ.
ކެންޓަރބަރީގައި ކުޅުނު މިމެޗް އިންޑިއާއިން ކާމިޔާބުކުރީ 88 ލަނޑުންނެވެ.
މިމެޗްގައި ޓޮޓް ދިމާވެގެން އިންގްލަންޑުން ގަސްދުކުރީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. އެހެންކަމުން އިންޑިއާއިން އެންމެ ފުރަތަމަ ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 333 ލަނޑު ހަދާފައެވެ. މިއީ އިންގްލަންޑްގެ ފަސްގަނޑުގައި އިދިކޮޅު ޓީމަކުން އެއް ދުވަހުގެ މެޗެއްގައި މިހާތަނަށް ހެދި އެންމެ ގިނަ ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 143 ލަނޑު ހަދާދިން ކެޕްޓަން ހަރްމަންޕްރީރު ކައުރުއެވެ. މީގެ އިތުރުން ހަރލީން ޑެއޯލް 58 ލަނޑު ހަދާދިން އިރު ސްމިރްތީ މަންދަނާ ވަނީ 40 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް އުޚާފައިވަނީ 10 އޯވަރު 39 ލަނޑަށް އެއް ވިކެތް ނަގާދިން ޗާލީ ޑީންއެވެ.
ޖަވާބުގައި ކުޅެން އަރާ އިންގްލަންޑް ޓީމަށް 44 އޯވަރު ދެ ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 245 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 65 ލަނޑު ހަދާދިން ޑެނީ ވިޔަޓްއެވެ. މީގެއިތުރުން އެލިސް ކެޕްސީ އާއި އެމީ ޖޯންސް އިން ކޮންމެ ކުޅުންތެރިޔަކު ވަނީ 39 ލަނޑު ހަދާދީފައެވެ. އަދި ޑީން ވަނީ 37 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި އިންޑިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 57 ލަނޑަށް ހަތަރު ވިކެތް ނެގި ރެނޫކާ ސިންގ ޓާކޫރެވެ. އަދި ދަޔާލަން ހެމަލަތާވަނީ ދެ އޯވަރު ދެ ބޯޅައަށް 2 ވިކެޓް ނަގާދީފައެވެ.
މިކާމިޔާބީއާއެކު އިންޑިއާއިން މިސީރީޒް ކާމިޔާބުކޮށްފައިވާއިރު މިއީ 1999 ވަނަ އަހަރަށް ފަހު އިންގްލަންޑްގައި ކުޅެ އެއްދުވަހުގެ ސީރީޒެއް އިންޑިއާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.