ކުޅިވަރު

ރާއްޖޭގެ ފުރަތަމަ މެޑަލް ސަޖަން ހޯދައިދީފި


މިހާރުކުރިއަށްދާ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފުރަތަމަ މެޑަލް ޒުވާން ފެތުންތެރިޔާ އައިމިނަތު ސަޖަން ހޯދައިދީފިއެވެ. އިންޑިޔާގެ ގުވަހާޓީގައި ކުރިއަށްދާ ސްވިމިންގ އިވެންޓްގައި ސަޖަން މެޑަލް ހޯދީ 800 މީޓަރު ފްރީސްޓައިލްގައި ވާދަކޮށް 3 ވަނައަށް ރޭސް ނިންމައިގެންނެވެ. ސަޖަން ރޭސް ނިންމީ 10.41.41 ސިކުންތުންނެވެ. ޒުވާން ފެތުންތެރިޔާއަކީ ރާއްޖޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފެތުންތެރިޔާއެވެ. ގޭމްސްގައި ފެތުންތެރިން ވަނީ ޤައުމީ ރެކޯޑްތަކެއްވެސް އާކޮށްފައެވެ.