ޖަރުމަން ލީގުގައި ވުލްފްސްބާގް އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައަށް ޔޫނިއަން ބާލިން ޖެހިލައިފިއެވެ.
ޔޫނިއަންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވުލްފްސްބާގުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫނިއަނުންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މި މެޗްގެ ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި ޔޫނިއަނަށް ކާމިޔާބުކޮށްދިނީ ތިއޮސަން ސިއެބަޗޫއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު 77 ވަނަ މިނެޓްގައި ޖަހާދިނީ ޝެރާލްޑޯ ބެކަރއެވެ.
މި ކާމިޔާބީއާއެކު ޔޫނިއަން ބަރލިން އަށް މިހާރުވަނީ ކުޅުނު 7 މެޗުން 17 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގާ މިވަގުތު އޮތޯ 15 ޕޮއިންޓާއެކު ބޮރޫޝިއާ ޑޯޓްމުންޑްއެވެ. ވުލްފްސްބަރގް ތާވަލްގެ 17 ވަނައިގާ އުޅޭއިރު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ ފަސް
ވަނައިގައެވެ.
ބަޔާންއަށް މިފަހަރުގެ ބުންޑަސްލީގާގެ ސީޒަން ފެށިފައިވަނީ އެންމެ ރަނގަޅަކަށް ނޫނެވެ. މިގޮތުން ހަތް މެޗް ކުޅުނު އިރު ތިން މެޗުން މޮޅުވެ ތިން މެޗުން އެއްވަރުވެ އެއް މެޗުންވަނީ ބަލިވެސް ވެފައެވެ.