ޚަބަރު

ފެރީއަކުން މޫދަށްވެއްޓި ޒުވާނަކު މަރުވެއްޖެ


ގއ.ގެމަނަފުށިން ފުރައިގެން އެއަތޮޅު ކަނޑުހުޅުދޫއަށް ދަތުރުކުރި ފެރީއަކުން މޫދަށް ވެއްޓުނު ޒުވާނަކު މަރުވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހަވީރު ހިނގި މިހާދިސާގައި ޒުވާނާ މޫދަށް ވެއްޓުނީ އިރު ބަޔަކާއެކު ފެރީގެ ދިރުނބާކޮޅުގައި އިންދައެވެ. މަރުވެފައިވަނީ މަރުވެފައި ވަނީ ގއ.ކަނޑުހުޅުދޫ ހީނާމާގެ ޢުމުރުން 25އަހަރުގެ އިރުފާން އަލީ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އެޒުވާނާ މޫދަށް ވެއްޓުނީ ފެރީ ގެމަނަފުށީ ނެރުން ނުކުތްވަގުތުކަމަށާ، މޫދުން ޒުވާނާ ނެގިއިރުވެސް ނޭވާ ނުލާކަމަށް ބެލެވޢޭކަމަށްވެސް މަޢުލުމާތު ލިބެއެވެ. އޭނާ ވެއްޓުމާއެކު އަޑިއަށް ދިޔަކަމަށާ، ނެގީ އަޑީގައި އޮއްވާކަމަށްވެސް ގެމަނަފުށިން މަޢުލޫމާތު ލިބެއެވެ.

މިޙާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ މިޙާދިސާގެ ރިޕޯޓު ލިބުނީ ހަވީރު 17:45 ހާއިރު ކަމަށެވެ. އަދި މޫދަށްވެއްޓުނު ޒުވާނާ މޫދުން ނަގައިގެން ގެމަނަފުށީ ސިއްޙީ މަރުކަޒަށް ގެންދިޔަކަމަށާ، އިރުވެސް ވަނީ މަރުވަފައިކަމަށް ސިއްޙީ މަރުކަޒާ ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.