ޖަރުމަން ލީގުގައި އޯގްސްބާގުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ބަލިކޮށްފިއެވެ.
އައުގްސްބަރގްގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަންގައި އެޓީމް ބަލިވި ފުރަތަމަ މެޗެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާނުންނެވެ. ނަމަވެސް މި މެޗުގައި އެޓީމަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. މެޗްގައި އައުގްސްބަރގުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ މަރގިމް ބެރީޝާއެވެ. މިއީ އަމިއްލަ ދަނޑުގައި ކުޅެ މިސީޒަންގައި އައުގްސްބަރގް މޮޅުވި ފުރަތަމަ މެޗެވެ.
މި ނާކާމިޔާބީއާއެކު ބަޔާންއަށް މިވަނީ ބުންޑަސްލީގާގައި އެޓީމް އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެވޭ ގޮތް ނުވެފައެވެ. މި މެޗްތަކާއެކު އެޓީމް ގަދަ ހަތަރަކުން ބޭރުވެގެން ދިއުމަކީވެސް ގާތް ކަމެކެވެ. މިވަގުތު ބަޔާން އޮތީ ކުޅުނު ހަތް މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އައި އައުގްސްބަރގް އުޅެނީ 9 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.
ތާވަލްގެ އެއްވަނައިގާ އުޅެނީ ޝަލްކަރ ޒީރޯ ފޯ އާއި ބައްދަލުކޮށް 1-0 އިން މެޗް ކާމިޔާބުކުރީ ބޮރޫޝިއާ ޑޯޓްމަންޑެވެ. އަދި މިރޭ ޔޫނިއަން ބަރލިން ކުޅޭ މެޗުން އެޓީމް މޮޅުވެއްޖެނަމަ ތާވަލްގެ އެއްވަނައަށް ޔޫނިއަން ބަރލިން އަރާނެއެވެ.