ޚަބަރު

އެންމެފަހުން ޖޯނީ ޑެޕާއި އެމްބާގެ މައްސަލަގަނޑަށްވެސް ފިލްމެއް


6 ހަފްތާ ވަންދެން ކުރިއަށް ދިޔަ ޖޯނީ ޑެޕް އާއި އެމްބާ ހާޑްގެ ކޯޓު މައްސަލަގަނޑުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އައު ފިލްމުގެ ނަމަކީ ހޮޓް ޓޭކް: ދަ ޑެޕް/ހެއާޑް ޓްރައިއަލް" އެވެ. އަދި މި ފިލްމު ދައްކާނީ ޓޫބީ ސްޓްރީމިން ސާވިސް އިން ކަމަށާއި، ފިލްމުގައި ޖޯނީ ޑެޕްގެ ރޯލުން ފެނިގެންދާނީ މާކް ހަޕްކާ އާއި އެމްބާގެ ރޯލުން ފެންނާނީ މެގަން ޑޭވިސްކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމު ޕްރިމިއަރ ކުރާނީ މިމަހުގެ 30 ގައެވެ. ޑެޕްގެ ވަކީލު ކެމިލް ވަސްކޭޒްގެ ރޯލުން ފެންނާނީ "ސްޓޭޝަން 19" ގެ ތަރި މެލިސާ މާޓީ އެވެ. އެމްބާގެ ވަކީލު އިލިއަން ބްރެޑްހޯފްޓްގެ ރޯލުން ފެންނާނީ "ލޯ އެންޑް އޯޑާ ޓްރޫ ކްރައިމް" ގެ ތަރި މެރީ ކެރިގްއެވެ.

ޑެޕާއި އެމްބާގެ މައްސަލަ ކޯޓުގައި ކުރިއަށްދިޔައީ ދެމީހުން ކައިވެނިކޮށްގެން އުޅުނުއިރު ހިންގި ކަމަށް ބުނާ ގެވެށި އަނިޔާގެ އަމަލުތަކުގެ މައްސަލަތަކާ ގުޅުވައި ދެއްކި ވާހަކައަށް ފަހު އެކަކު އަނެކަކުގެ މައްޗަށް ކުރި އަބުރުގެ ދައުވާގައި މައްސަލައެއްގައެވެ. މި މައްސަލަ ކާމިޔާބުވެފައިވަނީ ޑެޕަށެވެ.

އެމްބާ އާއި ޑެޕް އެކުގައި ކުޅުނު ފިލްމު "ދަ ރަމް ޑައިރީ" ގެ ސެޓުން 2011 ވަނަ އަހަރު ރައްޓެހިވެ، ދެ ތަރިން ކައިވެނި ކުރީ 2015 ގައެވެ.