ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދު ކަސްޓަމަރުން، އަމިއްލަ ސިމްކާޑުން އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ފަރުމާކޮށްފައިވާ ޚާއްސަ ސިމް ކާޑް "އުރީދޫ ޕާސްޕޯޓް" މެދުވެރިކޮށް ރޯމިންގ ރޭޓްތަކުން %90އާއި ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށް އުރީދޫއިން ބުނެފިއެވެ.
އުރީދޫ ޕާސްޕޯޓަކީ 100އަށް ވުރެ ގިނަ 4ޖީ ރޯމިންގ ބޭނުންކުރެވޭ ގައުމުތައް ހިމެނޭ ގޮތަށް 200+ އަށްވުރެ ގިނަ ގައުމުގައި އެންމެ ހެޔޮ އަގުގައި ރޯމިންގެ ޚިދުމަތް ލިބޭ ސިމް ކާޑެއްކަމަށް އެ ކުންފުނިން ބުނެއެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، އާންމުކޮށް ދަތުރުކުރާ ކަސްޓަމަރުންނަށް، ދަތުރު މަތީގައި އުޅޭއިރު އާއިލާ އާއި ރައްޓެހިންގެ ހާލު ބަލާލާ ގުޅުން ބަދަހި ކޮށްލުމަށް އުރީދޫ ޕާސްޕޯޓަކީ ވަރަށް ފުރިހަމަ ޚިދުމަތެއްކަމަށެވެ.
" 200+ ގައުމުގައި ރޯމިންގ ރޭޓްތަކުން %90 އާއި ހަމައަށް ޑިސްކައުންޓް ލިބުމާއެކު، މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް. އަޅުގަނޑުމެންގެ ޓީމުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެންމެ ފުރިހަމަ ޚިދުމަތްތަކާއި އެކު ކޮންމެ ތަނެއްގައި، ކޮންމެ ވަގުތަކުވެސް، ހެޔޮ އަގުގައި ފަސޭހަކަމާއެކު ކަސްޓަމަރުން ގުޅުވާލަދިނުމަށް." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ ޕޯސްޓްޕެއިޑް ރޯމިން ކަސްޓަމަރުން އަދި އަލަށް ރޯމިން އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް މާލޭގެ ކޮންމެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކުންވެސް އުރީދޫ ޕާސްޕޯޓް ސިމަކަށް އަޕްގްރޭޑް ކޮށްލެވޭނެ އެވެ. ޑޭޓާ ރޯމިންގް ޚިދުމަތް ފަސޭހަކަމާއެކު *929*6# ގުޅައިގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން ޕާސްޕޯޓް ކަވަރޭޖް ލިބޭ ގައުމުތަކުގައި ރޯމިން ޚިދުމަތް ބޭނުން ކުރަން ފެށުމާއެކު އުރީދޫ ޕާސްޕޯޓް ސިމް އަމިއްލައަށް އެކްޓިވޭޓްވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫ ސިމް ކާޑު ޕާސްޕޯޓް ސިމް އަކަށް ބަދަލުކުރުމަށް ނުވަތަ އުރީދޫ ޕާސްޕޯޓް ކަވަރޭޖް ނުލިބޭ ގައުމުތަކުގައި ރޯމިން ކަސްޓަމަރުންނަށް އަދިވެސް ސްޓޭންޑަޑް ރޯމިން ރޭޓުތަކާއި އެއްގޮތަށް ރޯމިންގެ ޚިދުމަތް ބެނުންކުރެވޭނެއެވެ. ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕްލޭނަކަށް ބަދަލުވާން ބޭނުންވާ އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން، އުރީދޫ ޕާސްޕޯޓް ސިމް ޑީއެކްޓިވޭޓްކޮށް އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލަންޖެހޭނެ ކަމަށް އުރީދޫން ބުނެއެވެ.