ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ގްރޫޕް ބީގައި ސިލްކަބޯގާ ދެކޮޅަށް ކުޅުނު މެޗު ވެސްޓް ހޭމް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
ސިލްކަބޯގްގެ ދަނޑުގައި ކުޅުނު މިމެޗް ވެސްޓް ހޭމް ކާމިޔާބުކުރީ ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިންކަބޯގްއިންނެވެ. އަދި އެޓީމްގެ ފެށުންވެސް ދިޔައީ ރަނގަޅުކޮށްށެވެ. މިގޮތުން މެޗްގެ 5 ވަނަ މިނެޓްގައި ކެސްޕަރ ކަރސްކް ޖަހާދިން ލަނޑައެކު ސިލްކަބޯގްއިން ވަނީ މެޗްގެ ލީޑު ނަގާފައެވެ. ނަމަވެސް މިލިޑު އެޓީމަށް ދެމެހެއްޓޭ ވަރުވީ 8 މިނެޓް ވަންދެނެވެ. މިގޮތުން މެޗްގެ 13 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ވެސްޓް ހޭމްގެ މަނުއެލް ލަންޒީނީ ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި މެޗްގެ 25 ވަނަ މިނެޓްގައި ޖިއާންލޫކާ ސްކަމަކާ ޖަހާދިން ލަނޑައެކު މިމެޗްގައި ފުރަތަމަ ފަހަރަށް ވެސްތް ހޭމްއިން ލީޑު ނެގިއެވެ. އަދި މެޗްގެ 38 ވަނަ މިނެޓްގައި ކްރެިގް ޑޯސަންވަނީ ވެސްޓް ހޭމްގެ ލިޑު ފުޅަކޮށްދީފައެވެ. މިމެޗްގައި ސިލްކަބޯގްއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ޖަހާދިނީ ސޮރެން ޓެންގްސްޓެޑްއެވެ. މިލަނޑައެކު މެޗްގެ ފަހު ފަނަރަ މިނެޓްގެ ފޯރި ގަދަވެގެން ދިޔަ ނަމަވެސް ވެސްޓް ހޭމްއިން ވަނީ ސިލްކަބޯގަށް އިތުރު ލަނދެއް ޖެހުނަ ނުދީ ހިފަހައްޓާލާފައެވެ.
މިކާމިޔާބީއާއި އެކު ވެސްޓް ހޭމް މިހާރު އުޅެނީ ކުޅުނު ދެމެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނައިގައެވެ. އަދި ސިންކަބޯގަށް މިގްރޫޕްގައި އަދި ޕޮއިންޓެއް ހޯދޭގޮތްވަނީ ނުވެފައެވެ. މިގްރޫޕްގައި ހިމެނޭ އެފްސީއެސްބީ އާއި އެންޑަލެކްޓް ބައްދަލުކުރިމެޗް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނީ އެއްވަރު ވެގެންނެވެ.