ޔުއޭފާ ޔޫރޮޕާ ލީގުގެ ގްރޫޕް ސީގައި އެޗްޖޭކޭއާ ދެކޮޅަށް ކުޅުނު މެޗު ރޯމާއިން ކާމިޔާބުކޮށްފިއެވެ.
ރޯމާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރޯމާއިންނެވެ. މިމެޗްގައި އެޗްޖޭކޭއަށް ރަށުން ބޭރުގައި ކުޅުނު މިމެޗްގައި އިތުރު މައްސަލަ ތަކާއި ކުރިމަތިވީ މެޗްގެ 15 ވަނަ މިނެޓްގައި މީރޯ ޓެންހޯއަށް ރަތްކާޑު ދެއްކުމާއެކުއެވެ. މިއާއެކުވެސް އެޓީމުންވަނީ ރޯމާއަށް ލަނޑެއް ޖެހުނަ ނުދީ ފުރަތަމަ ހާފް ހިފަހައްޓާލާފައެވެ. މިމެޗްގައި ރޯމާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 47 ވަނަ މިނެޓްގައި ޖަހާދިނީ ޕައުލޯ ޑިބާލާއެވެ. އަދި އޭގެ ދެމިނެޓްފަހުން ރޯމާގެ ލީޑު ފުޅާކޮށްދިނީ ލޮރެންޒޯ ޕެލެގްރީނީއެވެ. މިމެޗްގައި ރޯމާގެ ފަހު ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހާދިނީ އަންދްރިއާ ބެލޮއްޓީއެވެ.
މިކާމިޔާބީއާއެކު ރޯމާއިން މިވަނީ މިފަހަރުގެ ޔޫރޮޕާ ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެފައެވެ. މިދިޔަ ސީޒަންގެ ޔުރޮޕާ ކޮންފަރެންސް ލިގުގެ ޗެމްޕިއަންއިން ކުޅުނު ފުރަތަމަ މެޗުންވަނީ ލުޑޮގޮރެޓްސް އަތުން ބަލިވެފައެވެ. އެޗްޖޭކޭ އުޅެނީ މިނާކާމިޔާބީއާއެކު އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ. ގްރޫޕްގައި ހިމެނޭ އަނެއް ދެޓީމް ކަމަށްވާ ރެއާލް ބެޓިސް އާއި ލުޑޮގޮރެޓްސް ބައްދަލުކުރިމެޗް 3 ލަނޑު 2ލަނޑުން ކާމިޔާބުކުރީ ބެޓިސްއެވެ. އަދި މިއާއެކު އެޓީމް އުޅެނީ މިގްރޫޕްގެ އެއްވަނައިގައެވެ.