ޚަބަރު

އެލްވިސް ޕްރެސްލީގެ ރޯލު ޖެކޮބް އެލޯޑީއަށް


ހޮލީވުޑްގެ އެކްޓަރު ޖެކޮބް އެލޯޑީ އެލްވިސް ޕްރެސްލީގެ ރޯލު ކުޅެން ސޮއިކޮށްފިއެވެ.

ޖެކޮބް އެލްވިސް ޕްރެސްލީގެ ރޯލުން ފެނިގެންދާނީ ލިޔުންތެރިޔާ/ޑައިރެކްޓަރު ސޯފިއާ ކޮޕޯލާގެ ކުރިއަށް އޮތް ބައޮޕިކް ފިލްމު "ޕްރިސިލާ" އެވެ. "ޕްރިސިލާ" އަކީ އެލްވިސްގެ އަންހެނުން ޕްރިސަލާ ޕްރެސްލީ އޭނާގެ ހަނދާނުގައި 1985 ވަނަ އަހަރު ނެރުނު ފޮތް "އެލްވިސް އެންޑް މީ" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ފޮތުގައި ކުރީގެ ފިރިމީހާއާ ބައްދަލުވުމާއި، 1967 ވަނަ އަހަރު ކުރި ކައިވެންޏާއި، 1973 ވަނަ އަހަރު ވަރިވާން މެދުވެރިވި ކަންތައްތަކުގެ ވާހަކަ ޕްރިސިލާ ކިޔައިދީފައިވެއެވެ.

މި ފީޗަރ ފިލްމު ލިޔެ، ޑައިރެކްޓުކުރަނީ ސޯފިއާ އެވެ. ފިލްމު ލިޔެ ޑައިރެކްޓް ކުރުމުގެ އިތުރުން ޔޫރީ ހެންލީ އާއި ދަ އެޕާޓްމަންޓްގެ ލޮރެންޒޯ މިއެލީ އާއި ފްރީމަންޓަލް ކޮމްޕެނީ އަދި އެމެރިކަން ޒޮއެޓްރޯޕް އާއެކު މި ފިލްމު ޕްރޮޑިއުސްވެސް ކުރަނީވެސް ސޯފިއާއެވެ.

މި ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާއިއރު، އެލިވްސް ގެ މައްޗަށް މީގެކުރިންވެސް ވަނީ ފިލްމެއް އުފައްދާފައެވެ. "އެލްވިސް" ގެ ނަމުން ނަން ދީފައިވާ މި ފިލްމަކީ ބަޒް ލްރްމަންގެ ފިލްމެކެވެ. ބޮކްސް އޮފީހުގައި ކާމިޔާބު މި ފިލްމުގައި އެލްވިސްގެ ރޯލުން ފެނުނީ އޮސްޓިން ބަޓްލާއެވެ.

އެލިވްސްގެ މައްޗަށް އުފައްދާ މި ފިލްމުގެ މަސައްކަތް ޓްރޮންޓޯގައި މިއަހަރު ފަށާނެއެވެ. މިއީ 2013 ވަނަ އަހަރު ރިލީޒްކުރި "ދަ ބްލިންގް ރިންގް" އާއި 2020 ވަނަ އަހަރު ރިލީޒްކުރި "އޮން ދަ ރޮކްސް" އަށް ފަހު ސޯފިއާ އާއި އޭ24 އާ ގުޅިގެން މަސައްކަތްކުރާ 3 ވަނަ ފަހަރެވެ. އަދި އެޑިތު ވާޓަންގެ ވާހަކަ "ދަ ކަސްޓަމް އޮފް ދަ ކަންޓްރީ" ގެ ސީރީޒް އެޑެޕްޓޭޝަން ހެދުމުގެ މަސައްކަތް ވެސް ސޯފިއާ ދަނީ ކުރަމުންނެވެ.