ކުޅިވަރު

އިންޓަ ސްކޫލް ފެތުމުގެ މުބާރާތް: ޖޫނިއާ އާއި ސީނިއާ ބައިިގެ ޗެމްޕިއަންކަން ޣިޔާސުއްދީނަށް


ބީއެމްއެލް ސްކޫލް ކުދިންގެ 18 ވަނަ ފެތުމުގެ މުބާރާތުގެ ޖޫނިއާ އާއި ސީނިއާ ބައިގެ ޗެމްޕިއަންކަން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ހޯދައިފިއެވެ.

މިދިޔަ އޮގަސްޓު މަހުގެ 30 އިން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދިޔް މި މުބާރާތުގެ އަަންހެން ކުދިންގެ ޖޫނިއާ އޭ ކެޓަގަރީ، ޖޫނިއާ ބީ ކެޓަގަރީ ސީނިއާ އޭ ކެޓަގަރީ، ސީނިއާ ބީ ކެޓަގަރީ އަދި ފިރިހެން ކުދިންގެ ޖޫނިއާ ބީ ކެޓަގަރީގެ ޗެމްޕިއަންކަން ވެސް ގެންގޮސްފައި ވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުންނެވެ.

ފިރިހެންކުދިންގެ ޖޫނިއާ އޭ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސްއެވެ. ފިރިހެންކުދިންގެ ސީނިއާ އޭ ކެޓަގަރީގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލުން ހޯދިއިރު، އިމާދުއްދީން ސްކޫލުން ވަނީ ފިރިހެންކުދިންގެ ސީނިއާ ބީ ކެޓަގަރީއިން ޗެމްޕިއަންކަން ހޯދާފައެވެ. ފިރިހެންކުދިންގެ ސީނިއާ ސީ ކެޓަގަރީއިން އެއްވަނަ ހޯދައިފައި ވަނީ ސެންޓަރ ފޮރ ހަޔާ ސެކަންޑަރީ އެޑިއުކޭޝަނުންނެވެ.

މިމުބާރާތާއިއެކު ސެޕްޓެމްބަރމަހުގެ 7 އިން 10 ވަނަ ދުވަހުގެ ނިޔަލަށް، ތުއްތުކުދިންނަށް ޚާއްސަކޮށްގެން ބޭއްވުނު ފެސްޓިވަލްގައި، އަންހެންކުދިންގެ ކިޑްސް ބީ ކެޓަގަރީގެ ޗެމްޕިއަންކަން ރެހެންދި ސްކޫލުން ވަނީ ހޯދާފައެވެ. ފިރިހެންކުދިންގެ ކިޑްސް ބީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުންނެވެ.

އަންހެންކުދިންގެ ކިޑްސް ސީ ކެޓަގަރީގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލުން ހޯދާފައިވާއިރު، މި ކެޓަގަރީގެ ފިރިހެންކުދިންގެ ބައިގެ ޗެމްޕިއަންކަން ހޯދައިފައިވަނީ އިސްކަންދަރު ސްކޫލުންނެވެ.

މިފަހަރުގެ ސްކޫލުކުދިންގެ ފެތުމުގެ މުބާރާތުގައި ޖުމްލަ 823 ފެތުންތެރިން ވަނީ ބައިވެރިވެފައެވެ.