ކުޅިވަރު

ގައްބެ ގދ.ވާދޫގައި


ރިޔަލު ކަނދެއްގައި ރާއްޖެ ވަށާ ބުރު ޖެހުމުގެ ތާރީޚީ ދަތުރު މަތީގައިވާ އަބުދުލްޣަފޫރު އަލީ ( ގައްބެ ) މިހާރު ހުރީ ގދ.ވާދޫގައެވެ. ގައްބެއަށް ވާދުއަށް ދެވުނީ މިއަދު ހަވީރު 4:00 ހާއިރުއެވެ. ގއ.ވިލިގިލިން ފުރައިގެން ކައިރީގައި އޮތް ކޫއްޑޫގައި ބައިގަޑިއެއްހާއިރު މަޑުކޮށްލުމަށްފަހު، ގައްބެއަށް ގައްދޫއަށް ދެވުނޫ ހަގަޑިއިރުގެ ދަތުރަކަށްފަހުއެވެ. ގައްދޫއަށް ގޮސް ހަވީރުގެ ވަގުތު އޭނާ ހޭދަކޮށްފައިވަނީ އެރަށުގެ ތާރީޚީ ތަންތަން ބަލާލުމަށާއި، ޤުދުރަތީ ރީތިކަން ބަލާލުމަށެވެ." މިހާރުވެސް މިހުރީ ވަރަށް ރީތި، ވަރަށް ކުރީގެ މިސްކިތެއް ބަލާލަން. ދަތުރު ވަރަށް ރަނގަޅު. ހެނދުނު ތަންކޮޅެއް ވައި މަޑުވިނަމަވެސް މެންދުރުފަހު ރަނގަޅަށް ވައިވެސް ޖެހުނު. " މިއަދު އިރުއޮއްސި ހައެއް ޖެހިއިރު ގައްބެ ބުންޏެވެ.އަބުދުލްޣަފޫރު އަލީގެ މިދަތުރުގައި ދެން އޮތީ ފުވައްމުލަކެވެ. މާދަމާ ހެނދުނު ފުވައްމުލަކަށް ދިއުމަށް އޭނާ ދަތުރު ފަށާނެއެވެ. ގައްބެއަށް މަރުހަބާކިޔުމަށް ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީވެސް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަކަމަށް މައުލޫމާތުލިބެއެވެ.