ވިޔަފާރި

އެމް.ޑަބްލިއު.އެސް.ސީން ޝޯ ރޫމެއް ޤާއިމްކުރަނީ


އެމް.ޑަބްލިއު.އެސް.ސީގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި އެ ކުންފުނީގެ ޝޯ ރޫމެއް ޤައިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.އެމް.ޑަބްލިއު.އެސް.ސީގެ ޝޯ ރޫމް ޑިޒައިން - ފޮޓޯ: އެމް.ޑަބްލިއު.އެސް.ސީއެގޮތުން މިއަދު މި ޝޯ ރޫމް ހެދުމުގެ މަސައްކަތް ޒެނިތު ކާރޕެންޓްރީ އާއި ހަވާލުކޮށް އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މި ޝޯވް ރޫމްގެ ޢަމަލީ މަސައްކަތް މި މަސްތެރޭ ފެށިގެންދާނެ ކަމަށާއި، ކުރިއަށް އޮތް 4 މަސް ތެރޭ އެތަނުން ޚިދުމަތް ދެވެން ފެށޭނެ ކަމަށެވެ. މި ޝޯ ރޫމް ހުޅުވިގެން ދިޔުމުން އެ ކުންފުނިން ދޭ ހުރިހާ ޙިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން އާއްމުންނަށް ފަސޭހައިން ލިބެން ހުންނާނެކަމަށް ފަޒުލް ވިދާޅުވިއެވެ.އެމް.ޑަބްލިއު.އެސް.ސީގެ ޝޯ ރޫމް ޑިޒައިން - ފޮޓޯ: އެމް.ޑަބްލިއު.އެސް.ސީމި ޝޯ ރޫމް ޤައިމްކުރުމަށް ހަމަޖެހިފައިވަނީ ފެން ބިލްޑިންގް ގައެވެ. މިއަހަރު ހުޅުވިގެން ދަނީ ކުޑަ ޝޯވް ރޫމެއް ކަމުގައި ވިޔަސް އަންނަ އަހަރު ތެރޭ މިއަށްވުރެއް ބޮޑު ޝޯރޫމެއް ހުޅުވިގެންދާނެ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.