ކުޅިވަރު

ގައްބެ ގދ. ވާދޫއަށް ދަތުރުކުރަނީ


ރިޔަލު ކަނދެއްގައި ރާއްޖެ ވަށާ ބުރު ޖެހުމުގެ ތާރީޚީ ދަތުރު ފަށާފައިވާ އަބުދުލްޣަފޫރު އަލީ، ގައްބެ ގއ.ވިލިގިލިން ފުރައިގެން ގދ.ވާދޫއަށް ދަތުރުކުރަމުން އެބަދެއެވެ. އިއްޔެ ހަވީރު ވިލިގިއްޔަށް ގޮސް ގައްބެ ރޭ މަޑުކުރީ އެރަށުގައެވެ.އަބުދުލްޣަފޫރު އަލީ ވިލިގިލިން ފުރީ މިއަދު ހެނދުނު 7 ޖަހާއިރުއެވެ. ވިލިގިލިން ފުރައިގެން ކައިރީގައި އޮތް ކޫއްޑޫއަށް މަޑުކޮށް، ފިޝަރީޒް ކޮމްޕްލެކްސްއަށް ޒިޔާރަތްކޮށް އެތަނުގެ މަސައްކަތްތައް ހިނގާގޮތް ބަލާލިކަމަށް އެޓޯލް ސެއިލަރއިން މައުލޫމާތުދެއެވެ. ގދ.ވާދޫއަށް ދެވޭނެކަމަށް ލަފާކުރެވެނީ މެންދުރު ފަހު ދޭކާއި، ހަތަރަކާއި ދެމެދުގެ ވަގުތެއްގައިމަށް އެޓޯލް ސެއިލަރއިން މައުލޫމާތުދެއެވެ. މޫސުން ރީތިވެފައި ކަނޑު މަޑު ނަމަވެސް، ވައިޖެހެނީ އާދައިގެވަރަކަށްކަމަށްވެސް އެޓޯލް ސެއިލަރއިން މައުލޫމާތުދެއެވެ.ގައްބެގެ މިދަތުރަކީ ވިޒިޓް މޯލްޑިވްސް އިޔަރ 2016 އާއިވެސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މަޤްޞަދު ހިމެނޭގޮތަށް ކުރާ ތާރީޚީ ދަތުރެކެވެ.