އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި މެންޗެސްޓާ ސިޓީ އާއި ޗެލްސީ ބައްދަލުކުރަން ޖެހިއްޖެއެވެ.
ތިންވަނަ ބުރުގެ މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައެވެ.
މިއީ އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ފެނިގެންދާނެ އިނގިރޭސި ޕްރިމިއާ ލީގަށް ނިސްބަތްވާ ހަތް ކުރިމަތިލުމުގެ ތެރެއިން އެއް ކުރިމަތިލުމެވެ. މީގެއިތުރުން ނޮޓިންގހަމް ފޮރެސްޓް ބައްދަލުކުރާނީ ޓޮޓްނަމް ހޮޓްސްޕަރ އާއެވެ. މެންޗެސްޓަރ ޔުނައިޓެޑް އެސްޓަން ވިލާ އާއި ބައްދަލުކުރާއިރު އާސެނަލް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ބްރައިޓަން އެންޑް ހޯވް އެލްބިއަންއާއެވެ.
ވުލްވްސް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރާއިރު ނިއުކާސްލް ބައްދަލުކުރާނީ ކްރިސްޓަލް ޕެލަސް އާއެވެ. އަދި ބޯންމޯތު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެވަޓަންއާއެވެ. މީގެ އިތުރުން އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް ތިންވަނަ ބުރުގައި ބައްދަލުކުރާނީ ޑާބީ ކައުންޓީއާއެވެ. ނިއުޕޯޓް ކައުންޓީން ލެސްޓަރ ސިޓީ އާއި ބައްދަލުކުރާއިރު، ގިލިންހަމް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ބްރެންޓްފަޑް އާއެވެ.
މިމުބާރާތުގެ ތިންވަނަ ބުރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ނޮވެމްބަރު މަހުގެ 8 އިން 10 އާއި ދެމެދުގައެވެ.