ބޭނުންޖެހިފައިވާ 100 އަށްވުރެ ގިނަ ޢާއިލާއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހީ ފޯރުކޮށްދީފިއެވެ.
ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އަސާސީ ކާބޯތަކެތީގެ އެހީއެވެ. މި ޕްރޮގްރާމަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެން ކުރިއަށްދާ ޕްރޮގްރާމެކެވެ.
މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން މާލޭ ސަރަހައްދުގެ ބޭނުންޖެހިފައިވާ 100 އަށްވުރެ ގިނަ ޢާއިލާތަކަށް އަސާސީ ކާބޯތަކެތީގެ ޕެކޭޖްތައް ފޮނުވާފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
This #WorldHumanitarianDay we are continuing our support for communities with a donation of food supplies for over 100 vulnerable children and their families across the Greater Male’ area. ? Thank you @ARC_maldives for partnering with us on this initiative! pic.twitter.com/fip06H4xWy
— Bank of Maldives (@bankofmaldives) August 21, 2022
ބޭންކް އޮފް މޯލްޑިވްސް އިން ވަނީ 2021 ވަނަ އަހަރު ރަމަޟާންމަހުވެސް ބޭނުންޖެހިފައިވާ ޢާއިލާތަކަށް އެހީވުމަށް އާކް އެއިޑް ޕްރޮގްރާމަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.
ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓްމަހުގެ 19ވަނަ ދުވަހެވެ. އދ އިން އަންދާޒާކުރާ ގޮތުގައި 2022 ވަނަ އަަހަރުގެ ނިޔަލަށް އިންސާނީ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ މީހުންގެ ޢަދަދު 274 މިލިއަނަށް އަރާނެއެވެ.