ކުޅިވަރު

ސެލްޓަ އަތުން ޗެމްޕިއަން ރެއާލަށް ފަސޭހަ މޮޅެއް


ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ސެލްޓަގެ ދަނޑުގައި ކުޅުނު މިމެޗް ރެއާލް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ގިނަ ހަމަލާ އުފައްދަފައިވަނީ ރެއާލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް ލީޑު ނެގީ ރެއާލްއެވެ. މިޕެނަލްޓީ ރެއާލްއަށް ކާމިޔާބުކޮށްދިނީ ތަޖްރިބާކާރު ފޯވަޑް ކަރީމް ބެންޒީމާއެވެ.

ނަމަވެސް ރެއާލް އިން މިލަނޑު ކާމިޔާބުކުރިތާ 9 މިނެޓްފަހުން ސެލްޓާއިން ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އީގޯ އަސްޕާސްއެވެ. މިމެޗްގައި ރެއާލްއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 41 ވަނަ މިނެޓްގައި ލޫކާ މޮޑްރިޗް ޖަހާދިން ލަނޑުންނެވެ.

ރެއާލްގެ ތިންވަނަ ލަނޑު ޖަހާ އެޓީމްގެ ލީޑު ފުޅާކޮށްދިނީ ވިނީޝިއަސް ޖޫނިއަރއެވެ.އަދި ރެއާލްގެ ފަހު ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖަހާދިނީ ފެޑެރީކޯ ވަލްވަރޑޭއެވެ. މިމެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ރެއާލްއަށް އިތުރު ޕެނަލްޓީއެއް ލިބިގެން ދިޔަ ނަމަވެސް ބަދަލު ކުުޅުންތެރިޔާ އެޑިން ހަޒާޑް ފޮނުވާލި ޕެނަލްޓީ ކާމިޔާބު ވާގޮތެއް ނުވިއެވެ.

ސުޕަރ ކަޕްގެ ކާމިޔާބީއާއެކު ސީޒަން ފެށި ރެއާލް މިހާތަނަށް ލީގުގައި ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށް މިވަގުތު އުޅެނީ ތާވަލްގެ އެއްވަނައިގައެވެ. އަދި ސެލްޓަވީގޯ އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.