ކުޅިވަރު

ނޭމަރ ކޯޓަށް ހާޟިރުކޮށްފި


ނޭމާ ސަންތޮސްއިން ބާސެލޯނާއަށް ބަދަލުވި ޓްރާންސްފަރގައި މަކަރާއި، ހީލަތުގެ ކަންތައްތަކެއް ހުރިކަމަށް ބުނެ ކުރާ ދައުވާގައި، ދައުވާ ލިބޭ ފަރާތުގެ ގޮތުގައި ނޭމާ ކޯޓަށް ހާޒިރުވެއްޖެއެވެ. ބްރެޒިލް އިންވެސްޓްމެންޓް ފަންޑް، ޑީ.އައި.އެސްއިން ކުރާ ދައުވާގައި ބުނެފައިވަނީ ނޭމާ ބާސެލޯނާއާ ގުޅުމުން އެކަމުގެ ގެއްލުން އެފަރާތަށް ކޮށްފައިވާކަމަށެވެ.މި މައްސަލަ ބަލާ ޣާޒީ ވަނީ ނޭމާއާއި، އޭނާގެ މަންމައާއި، ބައްޕައާއި، ބާސެލޯނާގެ މިހާރުގެ ރައީސް ޔޮސެޕް މާރިއާ ބާތޮމެއުއާއި، ބާސެލޯނާގެ ކުރީގެ ރައީސް ސަންދްރޯ ރޮސެލް އަދި އޭގެ އިތުރުން ސަންތޮސްގެ ކުރީގެ ދެ އޮފިޝަލަކުވެސް ކޯޓަށް ހާޒިރުކޮށްފައެވެ.ބާސެލޯނާގެ ކުރީގެ ނައިބް ރައީސް ހާވިއޭރ ފޯސްވެސް ވަނީ ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކޮށްފައެވެ.ބާސެލޯނާއިން ބުނެފައިވަނީ ނޭމާރ އެ ކްލަބަށް ގެންދިއުމުގައި އަމަލުކޮށްފައިވާނީ ހުރިހާ ޤާނޫނުތަކަކާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.ސަންތޮސްގައި ނޭމާ ހުރިއިރު، ޑީ.އައި.އެސް ފަންޑަށް ނޭމާރގެ ރައިޓްސްގެ ސާޅީސް އިންސައްތަ ހައްޤުވެގެންވެއެވެ. އެ ފަންޑުން ބުނަނީ އެންމެ ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާ މަޤާމަށް ތިންވަނައަށް އެންމެ ގާތުން ވާދަކުރި ކުޅުންތެރިޔާ 2013 ގައި ބާސެލޯނާއާ ގުޅުނުއިރު އެފަންޑަށް އަސްލު ލިބެންވާ ފައިދާ ލިބިފައި ނުވާކަމަށެވެ.ނޭމާ ބާސެލޯނާޔަށް ބަދަލުވުމާއި ގުޅިގެން ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ރޮސެލްއާއި ބާތޮމެއު ޓެކްސް ދެއްކުމުގައި ހިޔާނާތް ވެފައިވާ މައްސަލައެއްގައިވެސް ދައުވާ ކުރަން ފޮނުވާފައިވެއެވެ. ސަންދްރޯ ރޮސެލްއާއި، ޔޮސެޕް މާރިއާ ބާތޮމެއުވެސް އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައިނުވާނެކަމަށް ބުނެއެވެ.