ސާފް
ގޭމްސްގައި ބައިވެރިނުވުމަށް ދުނިޔޭގެ ބާސްކެޓްބޯޅައިގެ މައި އިދާރާ، ފީބާއިން ރާއްޖެއަށް އެންގުމުން އެ މުބާރާތުގައި ރާއްޖޭގެ ދެޓީމްވެސް ބައިވެރިވުމުގެ ފުރުޞަތު ވަރަށް ކުޑަވެއްޖެއެވެ.
ފިބާއިން ރާއްޖެ އަދި ސާފް ގޭމްސްގައި ބައިވެރިވާ
އެހެން ބާސްކެޓް ޓީމްތަކަށްވެސް އެ މުބާރާތުގައި ބައިވެރި ނުވުމަށް ވަނީ
އަންގާފައެވެ. ސާބާއިން މިގޮތަށް އަންގާފައިވަނީ ސާބާއާއި އިންޑިޔާގެ ބާސްކެޓްބޯޅަ
ފެޑެރޭޝަނާއި ދެމެދު އޮތް މައްސަލައަކާއި ގުޅިގެންނެވެ. މަޢުލޫމާތުލިބިފައިވާ ގޮތުގައި
ފީބާއިން މިހާރު އިންޑިޔާގެ ބާސްކެޓްބޯޅަ ފެޑެރޭޝަން ޤަބޫލެއް ނުކުރެއެވެ.
ސާފް ގޭމްސްގައި ރާއްޖޭގެ ފިރިހެން ބާސްކެޓް ޓީމާއި
އަންހެން ބާސްކެޓް ޓީމްވެސް ބައިވެރިވުމަށް ނިންމާ ދެޓީމްވެސް ދަނީ ފަރިތަކުރަމުންނެވެ.
ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް
ސެކެޓްރީ އާރިފް ރިޒާ ޓީވީއެމް ސްޕޯޓްސްއަށް މަޢުލޫމާތުދެއްވި ގޮތުގައި ސާފް
ގޭމްސްގައި ބައިވެރި ނުވުމަށް ފީބާއިން ރާއްޖެއަށް އަންގާފައި ވަނީ ރޭގެ
ވަގުތެއްގައެވެ. ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑުގައި ކޭމްޕްކޮށްފައިވާ ފިރިހެން ބާސްކެޓް ޓީމާއިއެކު ހުރި އާރިފް ވިދާޅުވީ މި ސަރަހައްދުގެ ޤައުމުތަކުން ދަނީ
މިކަމަށް ހޯދިދާނެ ހައްލެއް އޮތްތޯ ބަލަމުންނެވެ. އަދި މިކަމާ ގުޅިގެން އެފަރާތްތަކުން
ދަނީ ފީބާޔާއެކު ވާހަކަ ދައްކަމުންނެވެ.
އާރިފް ވިދާޅުވީ ފީބާއިން އެގޮތަށް އަންގާފައި
އޮއްވާ ރާއްޖެއިން އެ މުބާރާތުގައި ބައިވެރިވުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ.