ކުޅިވަރު

ރިސޯޓް ލީގު: ރީތި ރަށާއި ގިލި ލަންކަންފުއްޓަށް ރަނގަޅު ފެށުމެއް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ނޯތު މާލޭ ޒޯނުގެ ފެށުން މުބާރާތް ބާއްވާ ވަން އެންޑް އޮންލީ ރީތި ރަށް އަދި ގިލި ލަންކަންފުށިން ރަނގަޅުކޮށްފިއެވެ.

ނޯތު މާލޭ ޒޯނުގެ ކުޅުން ކުރިއަށްދަނީ ޖުމްލަ 12 ޓީމާއެކުއެވެ. ޖުމްލަ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ކޮންމެ ގްރޫޕަކުން އެއްވަނަ ޓީމު ކުއާޓާ ފައިނަލަށް ދާއިރު، ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ނޮކައުޓް ބުރެއް ކުރިއަށްދާނެއެވެ.

މި ޒޯނުގެ އެންމެ ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ ގްރޫޕް އެކެއްގެ ރީތި ރަށް އަދި ބަނޑޮހެވެ. މި މެޗު ރީތިރަށް ކާމިޔާބުކޮށްފައި ވަނީ 6-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރީތިރަށް ޓީމަށް މޮޅު ކުޅުމެއް ދެއްކި ޝަމްހާން އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ދޭއްގެ ދެ ޓީމު ކަމަށްވާ ގިލި ލަންކަންފުއްޓާއި ރިޓްޒް ކާލްޓަން އެވެ. މި މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ގިލި ލަންކަންފުއްޓެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ގިލި ލަންކަންފުށި ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފަހުކޮޅު ކާމިޔާބުކުރި ލަނޑުތަކާއެކު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގިލި ލަންކަންފުށީގެ އިސްމާއީލް އަބްދުﷲ އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ރީތިރަށް، ކުރުނބާ އަދި ހުވަފެންފުއްޓެވެ. ގިލި ލަންކަންފުއްޓާއި ރިޓްޒް ކާލްޓަންގެ އިތުރުން ވަރު މޯލްޑިވްސް ގްރޫޕް ބީ ގައި ހިމެނޭއިރު ގްރޫޕް ސީގައި ހިމެނެނީ ފޯ ސީޒަންސް، ޝެރަޓަން އަދި ސަންގެލި އެވެ. ގްރޫޕް ޑީ ގައި ހިމެނެނީ ޕަޓީނާ، ބަރޮސް އަދި ހެލެގެލި އެވެ.

މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ އޯގަސްޓް 29 ގައެވެ.