ޚަބަރު

"ހެރީ ޕޮޓާ" ގެ ލިޔުންތެރިޔާ ޖޭކޭ ރޯލިން އަށް މަރުގެ އިންޒާރުދީފި


"ހެރީ ޕޮޓާ" ގެ ލިޔުންތެރިޔާ ޖޭކޭ ރޯލިންއަށް މަރުގެ އިންޒާރުދީފިއެވެ. މި މައްސަލަ ސްކޮޓްލޭންޑްގެ ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

ރޯލިން އަށް މަރުގެ އިންޒާރު ދިނީ އިސްލާމްދީނާއި ދެކޮޅަށް ލިޔުންތުއް ލިޔާ ނޫސްވެރިޔާ ސަލްމާން ރުޝްދީއަށް މިދިޔަ ހުކުރު ދުވަހު ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ރޯލިން ކުރި ޓުވީޓާކާއި ގުޅިގެންނެވެ.

އެ އިންޒާރުގެ ސްކްރީންޝޮޓެއް ވެސް އިނގިރޭސިވިލާތުގެ ލިޔުންތެރިޔާ ޓްވީޓްކޮށްފައިވާއިރު އޭގައި ބުނެފައި ވަނީ "ޑޯންޓް ވޮރީ ޔޫ އާ ނެކްސްޓް" ކަމަށެވެ. އަދި އެ ޓްވީޓްކޮށްފައި ވަނީ ޕާކިސްތާނުން ކަމަށާއި ޓްވީޓްގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން އިއްޔެ އެ ޑިލީޓްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ރުޝްދީ 1988 ގައި ނެރުނު ފޮތް "ދަ ސެނޭޓިކް ވާސަސް" އާ ގުޅިގެން އިސްލާމީ ދުނިޔޭގެ ނުރުހުމާއި ނަފުރަތު އޭނާ އަށް ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ.