ޚަބަރު

މިޞްރުގެ ފައްޅިއެއްގައި ރޯވެ 41 މީހުން މަރުވެއްޖެ


މިޞްރުގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމުގައިވާ ގީޒާގެ ފައްޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 41 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި އިތުރު 45 މީހަކަށް އަނިޔާވިއެވެ. ގީޒާގެ އޮފިޝަލުން ބުނީ، އެ ރަށުގެ އިމްބާބާ އަވަށުގައި ހުންނަ މި ފައްޅީގައި ރޯވި ވަގުތު، އެ ތަނުގައި 5,000 އަށްވުރެ ގިނަ މީހުން ތިބި ކަމަށެވެ.

އެ ތަނުގައި އަލިފާން ރޯވެފައި ވަނީ ކަރަންޓު "ޝޯޓް-ސަރކިޓް"ވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައި މި ހާދިސާ ތަހުޤީޤު ކުރާ ފަރާތްތަކުން ބުނެއެވެ. އަލިފާން ރޯވެފައި ވަނީ ފައްޅީގެ ދޮރުމަތީގައެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނީ، އެއް ފަހަރާ އެ ތަނުން ނިކުންނަން މަސައްކަތް ކުރުމުގެ ތެރޭގައި ފިތި، ބާރުވެގެން ކަމުގައި ވެސް ތަހުޤީޤީ އިދާރާތަކުން ބުނެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

"ކަރަންޓު ޝޯޓް-ސަރކިޓް"ވުމުގެ ސަބަބުން މީގެ ކުރިން ވެސް މިޞްރުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ. 2020 ވަނަ އަހަރު ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެ ތަނުގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންގެ ތެރެއިން ހަތް މީހުން މަރުވިއެވެ. ކޮވިޑް-19 ބަލި ޖެހިފައިވާ މީހުން އެޑްމިޓްކޮށްފައިވާ މި ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވިއެވެ.