ޚަބަރު

އިންޑިއާ ހައިކޮމިޝަން ހުޅުމާލެއަށް


ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.

ހައިކޮމިޝަން ބަދަލުކޮށްފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހިތިގަސްމަގު 4 ވަނަ ގޯޅީގެ ލޮޓް ނަމްބަރު 11499އަށް ކަމަށް އެކޮމިޝަނުން މަޢުލޫމާތުދެއެވެ.

މީގެކުރިން އިންޑިއަން ހައިކޮމިޝަން ހިނގަމުން އައީ އަމީރު އަޙްމަދު މަގުގައި ހުންނަ ހ.އަތިރީގެއާގޭގައެވެ.

މާލޭގައި ހުންނަ ބޭރު ޤައުމުތަކުގެ ހައިކޮމިޝަންތައް ހުޅުމާލެއަށް ބަދަލުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ހައިކޮމިޝަންތަކަށް ބިން ދިނުމަށް ނިންމާފައިވަނީ ދެވަނަ ފިޔަވަހިންނެވެ. އެގޮތުން އިންޑިއާ ހައިކޮމިޝަންގެ އައު ޢިމާރާތް ދެވަނަ ފިޔަވަހީގައި ޤާއިމުކުރުމަށް ބިންގާއަޅާފައިވަނީ 2019 ވަނަ އަހަރުއެވެ. ބިންގާ އަޅުއްވާދެއްވީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަމާނިއަމް ޖެއިޝަންކަރް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.