ޚަބަރު

ނިއުކްލިޔަރ ހަތިޔާރުގެ ނުރައްކަލުން ކޮރެޔާ ސަރަޙައްދު ސަލާމަތްކުރަން ޖެހޭ: ގުތެރޭޝް


ކޮރެޔާ ޕެނިންސިޔުލާއަކީ ނިއުކްލިޔަރ ހަތިޔާރުގެ ނުރައްކާތެރި ކަމުން ސަލަމާތްވެފައިވާ ސަރަޙައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމައަށް ތާޢީދު ކުރައްވާ ކަމުގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ. ދެކުނު ކޮރެޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އޭނާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އެ ޤައުމުގެ ރައީސް ޔުން ސުކް-ޔޯލްއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ގުތެރޭޝް ވިދާޅުވީ، އުތުރު ކޮރެޔާއިން ނިއުކްލިޔަރ ބާރަކަށް ވުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވަން ޢ.ދ.ގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގައެވެ. "އުތުރު ކޮރެޔާއިން ނިއުކްލިޔަރ ބާރަކަށް ވިޔަ ނުދިނުމަށް ކުރަމުންދާ މަސައްކަތަކީ، ކޮރިޔަން ޕެނިންސިޔުލާގެ ޞުލްހަމަސަލަސް ކަން ދަމަހައްޓަން ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް،" ގުތެރޭޝް ވިދާޅުވިއެވެ.

އުތުރު ކޮރެޔާއިން މި އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ މިސައިލް ޓެސްޓުތަކެއް ހަދާފައިވެއެވެ. އަދި މި ކަމާ ގުޅިގެން ދެކުނު ކޮރެޔާއިން ވަނީ އެ ޤައުމުގެ ސަލާމަތާއި ރައްކާތެރި ކަމާ މެދު ކަންބޮޑުވާ ކަން ހާމަކޮށްފައެވެ. އެ ޤައުމުގެ ރައީސް ސުކް-ޔޯލް ވިދާޅުވީ ކޮރެޔާ ޕެނިންސިޔުލާގައި އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށް އުތުރު ކޮރެޔާއާ އެކު މަޝްވަރާ ކުރުމަށް އޭނާ ތައްޔާރަށް ހުންނެވި ކަމުގައެވެ. ނަމަވެސް، އުތުރު ކޮރެޔާގެ މިސައިލްތަކުގެ ބިރު އޮތްހާ ހިނދަކު، ދެކުނު ކޮރެޔާއިން ވެސް އަސްކަރީ ގޮތުން ތައްޔާރީ ހާލަތެއްގައި އޮންނާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އުތުރު ކޮރެޔާއިން އަނެއްކާ ވެސް ނިއުކްލިޔަރ ޓެސްޓެއް ހެދުމަށް ތައްޔާރުވަމުންދާ ކަމުގައި އެމެރިކާއާއި ހުޅަނގުން ތުހުމަތު ކުރެއެވެ. އުތުރު ކޮރެޔާއިން ވެސް ވަނީ ދެކުނާ އެކު މަޝްވަރާ ކުރަން ބޭނުންވާ ކަމުގައެވެ. ނަމަވެސް، ދެ ކޮރެޔާގެ މެދުގައި ހަމަނުޖެހުން އުފައްދަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤައުޖމުން ތުހުމަތު ކުރެއެވެ.