ޚަބަރު

އުއްތަރު ޕުރަދޭޝްގައި ބޯޓެއް ބަންޑުންޖަހާލައި ތިން މީހުން މަރުވެއްޖެ


އިންޑިޔާގެ އުތުރުގެ ސްޓޭޓެއް ކަމުގައިވާ އުއްތަރް ޕްރެދޭޝްގެ ކޯރެއްގައި ދަތުރު ކުރަމުންދިޔަ ބޯޓެއް ބަންޑުން ޖަހައިލާ އޭގައި ދަތުރު ކުރަމުންދިޔަ ތިން މީހަކު މަރުވެއްޖެއެވެ. ބޯޓު ބަންޑުން ޖަހައިލާފައި ވަނީ ޔަމޫނާ ކޯރުގައި ދަތުރު ކުރަމުން ދަނިކޮށެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހި މެނެނީ ކުޑަކުއްޖަކާއި ދެ އަންހެނުންނެވެ. މި ހާދިސާގައި ކޯރަށް ވެއްޓި ގެއްލިފައިވާ 17 މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަސައްކަތުގައި ފުލުހުންގެ އިތުރުން ޑައިވަރުންގެ ޓީމުތަކުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ބޯޓު ދަތުރު ކޮށްފައި ވަނީ އޭގައި ފަސިންޖަރުން އުފުލޭ އެންމެ ގިނަ އަދަދަކަށް ވުރެ އިތުރަށް 30 މީހަކު އަރުވައިގެން ދަތުރު ކުރަނިކޮށް ކަމުގައި އުއްތަރް ޕްރަދޭޝްގެ ފުލުހުން ބުނެއެވެ. މި ހާދިސާގައި ކޯރަށް ވެއްޓުނު މީހުންގެ މީހުންގެ ތެރެއިން 15 މީހަކު ސަލާމަތް ކުރެވުނެވެ.