ޚަބަރު

ބެލްކް ޕިންކްގެ އައު އަލްބަމް "ބޯން ޕިންކް" ސެޕްޓެމްބަރުމަހު


ދެކުނު ކޮރެއާގެ އަންހެން ލަވަ ބޭންޑު ބްލެކް ޕިންކްގެ އައު އަލްމަބް "ބޯން ޕިންކް" އަންނަ ސެޕްޓެމްބަރުމަހު ރިލީޒްކުރާނެކަމަށް އެ ބޭންޑުން ބުނެފިއެވެ.

3 އަހަރު ފަހުން އަންނަ އޮކްޓޫބަރު މަހު ވޯލްޑު ޓުއާ ފަށާ މި ގްރޫޕްގެ "ބޯން ޕިންކް" ރިލީޒްކުރާނީ އަންނަ ސެޕްޓެމްބަރު 16 ގައެވެ. ގިނަބަޔަކު އިންތިޒާރުކުރާ މި އަލްބަމަކީ ފުލް އަލްބަމެކެވެ.

ކޮރެއާގެ މީޑިއާ ޕޯޓަލް ސޫމްޕީ އިން ބުނާ ގޮތުގައި އޮގަސްޓް 10 ވަނަ ދުވަހު ބްލެކްޕިންކުން ވަނީ އެމީހުންގެ ވަރަށް އިންތިޒާރު ކުރަމުން އަންނަ ކަމްބޭކް ފުލް ލެންތް އަލްބަމެއް ނެރޭނެ ކަމަށް ރަސްމީކޮށް އިއުލާންކޮށްފައެވެ.

އޮގަސްޓް 9 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ގްރޫޕުން ހާމަކުރި ގޮތުގައި އެމީހުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އަންނަ ދެވަނަ ސްޓޫޑިއޯ އަލްބަމް "ބޯން ޕިންކް" ސެޕްޓެމްބަރު 16 ގައި ނެރޭނެއެވެ.

އެ އަލްބަމް ނެރުމުގެ ކުރިން އެމީހުންގެ އެހެން އަލްބަމެއްކަމަށްވާ "ޕިންކް ވެނަމް" ގެ ޕްރީ ރިލީޒިންގްވެސް ބާއްވާނެއެވެ. މި އަލްމަބް ނެރުން އޮންނާނީ އޮގަސްޓް 19 ވަނަ ދުވަހުއެވެ. އެ ގްރޫޕްގެ އެޖެންސީ ވައިޖީ އެންޓަޓެއިންމަންޓުންވެސް ވަނީ މީގެކުރިން މި އަލްބަމްގެ ވާހަކަ ދައްކާފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އޮކްޓޯބަރު މަހުގެ 15 އަދި 16 ވަނަ ދުވަހު ގްރޫޕްގެ ޓުއާ ފަށާނެއެވެ. ފުރަތަމަ ދާނީ އުތުރު އެމެރިކާއަށް ކަމަށާއި ނޮވެމްބަރު މަސް ނިމުމުން ޑިސެމްބަރު މަހުގެ ނިޔަލަށް މި ކުއާޓޭޓް ޔޫރަޕަށް ޒިޔާރަތް ކުރުމަށް ފަހު އާ އަހަރު އޭޝިއާ އާއި މެދުއިރުމައްޗަށް ދަތުރުކުރާނެ އެވެ.

އަންނަ ހޫނު މޫސުމުގައި ބްލެކް ޕިންކުން އޮސްޓްރޭލިއާ އާއި ނިއުޒީލެންޑަށްވެސް ދަތުރުކުރާނެއެވެ.