ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ހުޒާމް ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 48 އަހަރުގެ ހުޒާމް ނިޔާވީ ބަލިވެ އުޅުމަށްފަހު އިންޑިއާގައި ބެންގަލޫރުގައި ފަރުވާހޯދަމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.
ހުޒާމްއަކީ ޓީވީއެމްގެ ސްކޫލު ކުދިންގެ ލަވަ މުބާރާތުން، 1990ގެ މެދުތެރޭގައި އޭރު މާލޭ އިންގްލިޝް ސްކޫލުން ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ލަވަކިޔުންތެރިޔެކެވެ. އަދި ފިލްމުތަކާއި އަލްބަމްތަކަށްވެސް ހުޒާމް ލަވަ ކިޔާދީފައިވެއެވެ. ނަމަވެސް އޭނާ ލަވަކިޔުމުގެ ދާއިރާގައި ހަރަކާތްތެރިވެ ނޫޅޭތާ ގިނަ އަހަރުތަކެއްވެއްޖެއެވެ.
ހުޒާމް އަކީ އިންޖީނިއަރިންގެ ރޮނގުން މެލޭޝިޔާގައި މަތީ ތައުލީމް ހާސިލްކޮށް އެ ދާއިރާގައި މަސައްކަތްކުރި ފަރާތެކެވެ.