ޚަބަރު

އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު ލޯގޯ އިފްތިތާޙުކޮށްފި


އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު ލޯގޯ އިފްތިތާޙްކުރައްވައި ބޭނުންކުރައްވަން ފަށްޓަވައިފިއެވެ.އެއޮފީހުން ވިދާޅުވީ އަލަށް ތަޢާރަފްކުރެއްވި ލޯގޯ މިއަދުން ފެށިގެން އެއޮފީހުގެ ސިއްކައެއްގެ ގޮތުގައި ބޭނުންކުރައްވަން ފަށްޓަވައިފައިވާކަމަށެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އާ ލޯގޯގައި ހިމެނެނީ ބޮޑުވާ ބިއްލޫރިގަނޑަކާއި ތުނޑު ގަލަމެކެވެ. އަދި ފަހަތުގައި ހުންނަނީ ނޫކުލައާއި ހުދުކުލައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ އާ ލޯގޯގައިވާ ތުނޑު ގަލަން ރަމްޒުކޮށްދެނީ ބަލައި ކަށަވަރުކޮށްފައިވާކަން ކަމަށެވެ. އަދި ގަދަ ނޫކުލައިން ދޭހަކޮށްދެނީ މުއައްސަސާތަކުގެ މަޤުޞަދުގެ ސާފުކަމާއި، ނަޒާޙަތްތެރިކަމާއި، އިތުބާރު ހިފޭ މަސައްކަތްތަކެއް ކުރާ މުއައްސަސާތަކެއް ކަންކަމަށެވެ. ރަންކުލައިން ކަނޑައަޅައިދެނީ މަސައްކަތުގެ ސްޓޭންޑަޑާއި ފެންވަރު ވަޒަންކުރެވޭ އެންމެ މަތީ މިންގަނޑުކަމަށާއި، އަދި ހުދުކުލައިން އަންގައިދެނީ މުއައްސަސާތަކުގެ މުއައްޒަފުންންގެ އަމާނާތްތެރިކަމާއި އިންސާފްވެރިކަންކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބަޔާންކުރައްވައެވެ.