ޚަބަރު

އެކް ވިލަން ރިޓާންސް: ވާހަކައާއި އެކްޓިންގވެސް ގިނަ ބަޔަކަށް ކަމަކުނުދިޔަ


މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "އެކް ވިލަން ރިޓަރންސް" ސިނަމާތަކުގައި އެޅުވި ފުރަތަމަ ދުވަހު ލިބިފައިވަނީ ގާތްގަޑަކަށް 7 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ.

އަރުޖުން ކަޕޫރާއި، ޖޯން އަބްރަހަމް އަދި ދިޝާ ޕަޓާނީ ލީޑް ރޯލުން ފެނިގެންދިޔަ މި ފިލްމަށް އެޅުވިތާ ދެވަނަ ދުވަހު ވަނީ ރަނގަޅު ތަރުހީބެއް ލިބިފައެވެ. އެދުވަހު ގާތްގަނޑަކަށް 7.5 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

އޯގަސްޓް ފެށުމާއި ހަމައަށް މި ފިލްމަށް ޑޮމެސްޓިކް ބޮކްސް އޮފީހުގައި 14.5 ކްރޯޑް ރުޕީސް ހޯދާފައެވެ. މި ފިލްމާއި ޚިލާފަށް 2014 ވަނަ އަހަރު ރިލީޒްކުރި "އެކް ވިލަން" އެޅުވި ދުވަހު އެކަނިވެސް ވަނީ 16.5 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.

މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ "އެކް ވިލަން ރިޓާންސް" އަކީ ސިދާތު މަލްހޯތުރާ، ޝްރަދާ ކަޕޫރު، އަދި ރިތޭޝް ދޭޝްމުކް ލީޑް ރޯލުން ފެނިގެންދިޔަ "އެކް ވިލަން" ގެ ސީކުއެލްއެކެވެ.

ފިލްމަށް މިހާތަނަށް ލިބިފައިވާ ރިވިއުތައް މާ ރަނގަޅެއް ނޫނެވެ. ގިނަ ކްރިޓިކުން ފާހަގަކޮށްފައިވާ ގޮތުގައި ފިލްމުގެ ޕާފޯމެންސާއި ލިޔުންތައް އެހާ ފުރިހަމައެއްނޫނެވެ. ހިންދުސްތާން ޓައިމްސްއިން އާންމުކޮށްފައިވާ ރިވިއުގައި އެމީހުން ބުނީ މި ފިލްމަކީ އޮޅުން ބޮޅު ބޮޑު ފިލްމެއް ކަމަށެވެ.

2014 ވަނަ އަހަރު ރިލީޒްކުރި މޯހިތު ސޫރީގެ ރޮމޭންޓިކް ތްރިލާ "އެކް ވިލަން" އަކީ އެ އަހަރުގެ 7 ވަނައަށް އެންމެ ބޮޑު އޯޕަނިންގް އޮތް ފިލްމެވެ.