ޚަބަރު

އެސްޓީއޯއިން "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ފަށައިފި

ސްކޫލްތަކުގެ ދިރާސީ އައު އަހަރާއި ގުޅުވައިގެން ކުރިއަށްގެންދާ ބެކްޓު ސްކޫލް ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފިއެވެ.

1 އޮގަސްޓުން 31 އޮގަސްޓުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިއަށްދާނެއެވެ.

އެސްޓީއޯއިން ބުނީ ކިޔަވާކުދިން އަދި އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ބައްލަވައިގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިގޮތުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އައި ވީ ކިރު ބައްލަވައި ގަންނަ ފަރާތްތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވާނެއެވެ.

ރީޓެއިލްގެ ތިންވަނަ ނަސީބުވެރިޔާއަށް 1500 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާއެއް، ދެވަނަ ނަސީބުވެރިޔާއަށް 2500 ރުފިޔާގެ ޕީކަބޫ ގިފްޓް ވައުޗާއެއް އަދި އެއްވަނަ ނަސީބުވެރިޔާއަށް 5000 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗާއެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

ހޯލްސޭލް ގެ ތިންވަނަ ނަސީބުވެރިޔާއަށް ރަސަލް ހޮބްސެގެ ފެން ކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަނެއް ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ނަސީބުވެރިޔާއަށް ރަސަލް ހޮބްސެގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަންގެ އިތުރުން ހަމަ މި ބްރޭންޑުގެ ޕްރެޝަރ ކުކާރއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއް ވަނަ ނަސީބުވެރިޔާއަށް ދިނުމަށް ހަމަޖެހިފައިވަނީ 327 ލީޓަރުގެގެ ޗެސްޓް ފްރީޒާ އެއް ކަމަށްވެސް އެސްޓީއޯއިން ހާމަކުރެއެވެ.

މީގެ އިތުރުން ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް 1 ލީޓަރ ކިރު ޕެކެޓު އަދި ހިކި ކިރު ޕެކެޓު ގަންނަ ފަރާތްތަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ކަޕެއް ލިބޭނެއެވެ. މި ކަޕްއަކީ ލިމިޓެޑް އެޑިޝްން ކަޕްތަކެއް ކަމަށާއި، ސްޓޮކް ހުސްވާދެން ކަސްޓަމަރުންނަށް ދޫކުރަމުން ދާނެކަމަށްވެސް އެސްޓީއޯއިން ހާމަކުރެއެވެ.