އައި.ޖީ.އެމް.އެޗްގެ ނަރުހުން އެކި ޑިޕާޓްމަންޓްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމަކީ، އެ ހޮސްޕިޓަލުގެ އިމަރޖެންސީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫންކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
އެ ހޮސްޕިޓަލުން މިހެން ބުނީ ނަރުހުން އެކި ވޯޑުތަކަށް ބަދަލުކުރުމާއި ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނަކާ ގުޅުވައިގެން މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. އައި.ޖީ.އެމް.އެޗްއިން ބުނީ ޕެޓިޝަންގައި ސޮއިކުރި ނަރުހުން އެކި ޑިޕާޓްމަންޓްތަކަށް ބަދަލުކުރަން ނިންމާފައިވާކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަމަށެވެ.
އައިޖީއެމްއެޗުން ބުނީ ނަރުހުންގެ ޕެޓިޝަނާއި ގުޅިގެން ދިވެހި ސިވިލް ސަރވިސް ޤަވާއިދުގައިވާ ފަދައިން އެމައްސަލަ ތަހުގީގުކޮށް، ފުރިހަމަކުރަންޖެހޭ އިޖްރާތްތައް ފުރިހަމަ ކުރަމުންދާކަމަށެވެ.