ޚަބަރު

"ގާންދީ" ގެ ޑައިރެކްޓަރަކަށް ހަންސަލް މެހެތާ


އިންޑިއާގެ މިނިވަންކަމުގެ ބާނީ މާހަތުމާ ގާންދީގެ ހަޔާތުގެ މައްޗަށް ބަޔޯޕިކެއް އުފައްދާނެކަމަށް އެޕޯލްސް އެންޓަރޓެއިންމެންޓުން ދާދިފަހުން ވަނީ އިޢުލާނުކޮށްފައެވެ.

ތާރީޚީ ޢިލްމުވެރިޔާ އަދި ލިޔުންތެރިޔާ ރާމަޗަންދްރާ ގުހާގެ "ގާންދީ ބިފޯ އިންޑިއާ" އަދި "ގާންދީ:ދަ ޔިއާސް ދެޓް ޗޭންޖްޑް ދަ ވޯލްޑު" އަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ ހަންސަލް މެހެތާއެވެ.

މިއީ "ސްކޭމް 1992" ގެ ކާމިޔާބީއަށް ފަހު، މަޝްހޫރު ޑައިރެކްޓަރު ހަންސަލް އާއި އެޕްލޯސް އެންޓަޓެއިންމަންޓް އަނެއްކާވެސް ގުޅިގެން ގެނެސްދޭ މި ފިލްމެކެވެ.

މި ފިލްމާއި ބެހޭގޮތުން އެޕޯލްސް އެންޓަޓެއިންމަންޓުން ބުނިގޮތުގައި އިންޑިއާ މިނިވަންކަމަށް ކުރި ދަތުރުގެ މުއްސަނދި ތާރީޚު ދައްކުވައިދޭ މި ފިލްމު ޕްރޮޑިއުސްކުރުމަކީ އެމީހުންނަށް ލިބޭ ޝަރަފެކެވެ.

ޑައިރެކްޓަރު ހަންސަލް މެހެތާ ބުނީ، މަހާތުމާ ގާންދީ ފަދަ ތާރީޚީ އަދި އައިކޮނިކް ޝަޚުސިއްޔަތެއްގެ ވާހަކަ ދައްކާއިރު މި ފިލްމު ގެނެސްދިނުމުގައި ބަލާނީ ހަޤީޤީ ވާހަތައް ގެނެސްދެވޭތޯއެވެ.