ކުޅިވަރު

އިންޓަރމިލާންގެ މައްޗަށް އޭސީމިލާނަށް ފަސޭހަ މޮޅެއް


އިންޓަރމިލާންގެ މައްޗަށް، އޭސީމިލާން ފަސޭހަ މޮޅެއް ހޯދި މެޗުގައި އިންޓަރމިލާންގެ ކޯޗު ބެންޗުން ފޮނުވާލައިފިއެވެ. ތިނެއް ސުމެއްގެ ބޮޑު ތަފާތަކުން އޭސީމިލާން މޮޅުވި މެޗުގައި ލަނޑުތައް ޖަހައިދިނީ ޑިފެންޑަރ އެލެކްސް، ކާލޯސް ބައްކާ އަދި ނިއަންގއެވެ. އޭސީމިލާނުން އެއް ލަނޑު ޖަހާފައިވަނިކޮށް، ނަތީޖާ ހަމަކުރުމަށް އިންޓަރއަށް ރަނގަޅު ފުރުޞަތެއް ލިބުނެވެ. ނަމަވެސް އިންޓަރމިލާނަށް ލިބުނު ޕެނަލްޓީ މައުރޯ އިކާޑީއަށް ކާމިޔާބެއް ނުކުރެވުނެވެ. މެޗުގައި އިންޓަރމިލާންގެ ކޯޗު ރޮބާޓޯ މަންޗީނީ ބެންޗުން ފޮނުވާލީ މިދިޔަ ހަފްތާގައި ދެއަހަރުގެ އެއްބަސްވުމެއްގެ ދަށުން އިންޓަރއާއި ގުޅުނު އެޑާއަށް ކުރި ފައުލަށް ޕެނަލްޓީ ނުދިނުމުން ހިތްހަމަ ނުޖެހުން ފާޅުކޮށްގެންނެވެ. މިނަތީޖާއާއެކުވެސް އޭސީމިލާން އޮތީ ތާވަލްގެ ހަ ވަނައިގައެވެ. އަދި އިންޓަރމިލާން އޮތީ ހަތަރުވަނައިގައެވެ.