ޚަބަރު

ލ. އަތޮޅު ކައުންސިލަރަކު ގެނބިގެން މަރުވެއްޖެ


ޑިންގީއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާއެއްގައި ލ. އަތޮޅު ކައުންސިލް މެންބަރަކު މަރުވެއްޖެއެވެ.ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ހިނގި މިހާދިސާގައި މަރުވެފައިވަނީ ލ. އަތޮޅު ކައުންސިލް މާވަށު ދާއިރާގެ މެންބަރު، އުމުރުން 33 އަހަރުގެ މުޙައްމަދު ޢަބްދުއްރަޙްމާން ކަމަށެވެ.ފުލުހުން ވިދާޅުވީ މިރޭ އިރާކޮޅު ޑިންގީއެއްގައި މަހަށް ނިކުމެ އުޅުނު ދެމީހުންގެ ތެރެއިން އެކަކު، ޑިންގީ ބަންޑުން ޖަހާލުމުގެ ސަބަބުން ގެއްލިގެން ހޯދަމުންދާކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 8:50ގައި ކަމަށެވެ. އަދި ފުލުހުންނާ ސިފައިން އަދި ފޮނަދޫ ރައްޔިތުން ކުރި މަސައްކަތުން ގެންލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ މިރޭ 10:30 އެހާކަންހާއިރުކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. ގެއްލިގެން ހޯދަމުންދިޔަ މީހާ ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.