ޚަބަރު

5 އަހަރަށްފަހު "ޖަލަކް ދިކްލާ ޖާ" އެނބުރި އަންނަނީ


ސެލެބްރިޓި ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ" 5 އަހަރު ފަހުން އެނބުރި އަންނަން ތައްޔާރުވެއްޖެއެވެ.

މިފަހަރުގެ ޝޯގައިވެސް އެހެން ފަހަރު ފަހަރެކޭ އެއްފަދައިން ތަފާތު ސެލިބްރީޓީން އެމީހުންގެ ބައިވެރިންނާއިއެކު ނަށާނެއެވެ. އަދި ނެށުންތައް ޖަޖްކުރަން ޖަޖުންގެ ޕެނަލްއެއްވެސް މިހާރު ވަނީ ނަގާފައެވެ.

މި ޝޯގެ ޖަޖުންގެ ގޮތުގައި މިފަހަރު ހޮވާފައިވަނީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު، މޮޅުން ނެށުންތަކެއް ފިލްމުތަކުގައި ދައްކާފައިވާ މާދުރީ ޑިކްސިޓް އަދި ވަރަށް ހުނަރުވެރި ނެށުންތެރިއެއްކަމަށްވާ ނޯރާ ފަތޭއެވެ.

މި ޝޯގެ އެންމެ ފަހު ސީޒަން ދައްކާފައިވަނީ 2016 ން 2017 އަށެވެ. އޭގެ ޓީއާރުޕީ ދަށްކަމުން ޝޯއަށް ބޮޑު ބަދަލުތަކެއް ގެންނަން، ޝޯ އުފައްދާ ފަރާތުން އޭރު ވަނީ ނިންމާފަ އެވެ.

ކުރީގެ ސީޒަންގައި ޖަޖްކަން ކުރީ ފިލްމީ ތަރި ޖެކްލީން ފެނާންޑިސް އާއި ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރް އަދި ކޯރިއޮގްރާފަރު ގަނޭޝް ހެގްޅޭ އާއި ފަރަހަ ޚާން އެވެ. ޝޯ ނިންމާލުމަށްފަހު ދެން ކަލާޒް އިން މި ޝޯގެ އާ ސީޒަނެއް ނުދައްކާނެ ކަމުގެ އަޑުތައްވެސް އޭރު ފެތުރުނެވެ.

2006 ވަނަ އަހަރު ދަންކަން ފެށި ޖަލަކް ދިކްލާ ޖާގެ 9 ސީޒަނެއް މިހާތަނަށް ގެނެސްދީފައިވެއެވެ. މި ޝޯގެ ޖަޖްކަން ކޮށްފައިވާ ތަރިންގެ ތެރޭގައި މާދުރީ ޑިކްޝިޓް، ޖޫހީ ޗައުލާ، ޝިލްޕާ ޝެޓީ އަދި ޝާހިދު ކަޕޫރު ފަދަ ފިލްމީ ތަރިން ވެސް ހިމެނެ އެވެ.