ޚަބަރު

ޖޭލޯއާއި އެފްލެކްގެ ކައިވެންޏަށް، އެފްލިކްގެ ދެ ކުދިން ނުދޭ


މީހާރު މީޑިއާތަކުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އެންގޭޖްވި ހޮލީވުޑްގެ ދެ ތަރިން ކަމަށްވާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އާއި ބެން އެފްލެކް ކައިވެނި ކުރި ވާހަކައެވެ.

އެމެރިކާގެ ލަސް ވެގަސް ގައި ބޭއްވި މި ދެ ތަރިންގެ ކައިވެނީގެ ހަފުލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާ އާއި ގާތް ރައްޓެހިންގެ ތެރެއިން މަދު އަދަދެއްގެ ބަޔެކެވެ. މީގެތެރޭގައި ޖެނިފާގެ އެއްމާބަނޑު ދެ ކުދިންވެސް ހިމެނެއެވެ. ނަމަވެސް މި ކައިވެނީގެ ހަފްލާގައި އެފްލެކްގެ އެއްވެސް ކުއްޖަކު ފެނިފައެއް ނުވެއެވެ.

އެފްލެކްގެ ކުރީގެ އަނބިމީހާ ޖެނިފާ ގާނާއަށް 3 ކުދިން ތިބެއެވެ. އެއީ ވައިލެޓް، ސެރާފިނާ އަދި ސެމިއުލަ އެވެ. ޖެނިފާ އާއި ލަވަކިޔުންތެރިޔާ މާކް އެންތޮނީގެ ކައިވެންޏަށް ލިބިފައިވަނީ އެއްމާބަނޑު ދެ ކުދިން ކަމުގައިވާ މެކްސް އާއި އެމާ އެވެ.

ޖޭލޯ އާއި އެފްލެކް ކައިވެނިކޮށްފައި މިވަނީ ލޯބީގެގޮތުން ގުޅިގެން އުޅޭތާ 20 އަހަރު ފަހުންނެވެ.

ގާނާއާ އެފްލެކް 2005 ގައި ކައިވެނިކުރުމުގެ ކުރިން ދުވަސްތަކެއް ވަންދެން ޖޭލޯއާ ރައްޓެހިވެ ދެ މީހުން އެންގޭޖް ވެސް ވި އެވެ. ނަމަވެސް 2004 ވަނަ އަހަރު އެންގޭޖްމަންޓް ވަނީ ރޫޅާލާފައެވެ.