ޚަބަރު

ކާޖޮލްގެ ފުރަތަމަ ވެބް ސީރީޒް ޑިޒްނީ އަށް


ބޮލީވުޑް ބަޠަލާ ކާޖޮލް ގެ ފުރަތަމަ ވެބް ސީރީޒް ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ޕްރިމިއާ ކުރަން ނިންމައިފިއެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ކާޖޮލް ވެބް ސީރީޒްއަކީ "ދަ ފެމިލީ މޭން 2" އަދި "ކޯޝިކީ" ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައިވާ ސުޕާން ވަރުމާގެ އެއްޗެކެވެ.

މި ސީރީޒްގައި ދައްކާނީ ސިޔާސީ ކަންތައްގަޑަކާއި އާއިލީ މައްސަލަތަކެކެވެ. ބަނިޖޭ އޭޝިއާ އިން ޕްރޮޑިއުސްކުރާ މި ސީރީޒް ރިލީޒްކުރަން މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުއެވެ.

ކާމިޔާބު އަދި އެހާމެ ރީތި ގިނަ ފިލްމުތަކރއް ކުޅެފައިވާ 47 އަހަރުގެ ބަޠަލާ ބުނިގޮތުގައި އޭނަ އަކީ ވެބް ސީރީޒްތަކުގެ ވަރަށް ބޮޑު ފޭނެކެވެ. ފިރިމީހާ އަޖޭގެ "ރުދުރާ" ގެ އިތުރުން ސުޝްމިތާ ސެންގެ "އާރިއާ" އަކީ ވަރަށް ކަމުދިޔަ އެއްޗެހި ކަމަށް ކާޖޮލް ބުންޏެވެ.

ކާޖޮލް ފުރަތަމަ ޑިޖިޓަލް ފިލްމަކީ ނެޓްފްލިކްސް ފިލްމު "ތްރިބާންގާ" އެވެ. ކާޖޮލް އާއިއެކު މި ފިލްމުގައި ތަންވީ އާޒްމީ އާއި މިތިލާ ޕަލްކާރުވެސް ފެނިގެންދިޔައެވެ.

ރެވާތީ ޑައިރެކްޓުކުރާ "ދަ ލާސްޓް ހޫރޭ" އަކީވެސް ކާޖޮލް ސޮއިކޮށްފައިވާ ޕްރޮޖެކްޓެކެވެ.