ޚަބަރު

އަނިލް ކަޕޫރުގެ "ތޭޒާބް" ގެ ރީމޭކަށް ކާތިކް


މިދިޔަ މެއި މަހު ފަހުކޮޅު ސިނަމާތަކުގައި އެޅުވި ކާމިޔާބު ފިލްމު "ބޫލްބުލައްޔާ 2" ގެ ކާމިބާށްފަހު އެ ފިލްމުގެ ލީޑް އެކްޓަރު ކާތިކް އާރިޔަން އަނެއްކާވެސް ފިލްމަކަށް ސޮއިކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކާތިކް ސޮއިކުރި ފިލްމަކީ 1988 ވަނަ އަހަރު ކޭތާނީ ޕްރޮޑިއުސްކުރި އަނިލް ކަޕޫރުގެ ފިލްމު "ތޭޒާބް" އެވެ. މި ފިލްމުގެ އަންހެން ލީޑް ތަރިއަކީ މާދުރީ ޑިކްސިޓްއެވެ. "ބޫލްބުލައްޔާ 2" ގެ ޕްރޮޑިއުސަރަކީވެސް ކޭތާނީއެވެ.

މުނިފޫހިފިލުވާދޭ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި ފިލްމަށް ކުޅުމަށް ކާތިކް މިހާރު އަންނަނީ ކޭތާނީ އާއި ވާހަކަ ދައްކަމުންނެވެ. މި ރީމޭކް ވެގެންދާނީ ވަރަށް ތަހުޒީބީ މޮޑާން ރީމޭކަކަށް ކަމަށް ކޭތާނީ މީގެކުރިން ވަނީ ބުނެފައެވެ.

"ބޫލްބުލައްޔާ 2' އިތުރުން "ތަޑަމް" ގެ ހިންދީ ރީމޭކް އަދި ރަންބީރު ކަޕޫރު ލީޑްރޯލުން ފެންނަ "އެނިމަލް" އަކީވެސް ކާތާނީ ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކެވެ.

ރިޕޯޓުތައް ބުނާގޮތުގައި މާދޫރީ ބޮލީވުޑްގައި މަޝްހޫރުވީ "ތޭޒާބް" އަށް ފަހުގައެވެ. މާދުރީ އާއި އަނިލްގެ އިތުރުން ޗަންކީ ޕާންޑޭ އަދި އަނޫޕަމް ކޭރްވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނުނެވެ.

އުމުރުން 31 އަހަރުގެ ކާތިކް ދެން އެންމެ އަވަހަށް ފެންނާނީ އައްލޫ އަރުޖުން ލީޑް ރޯލުން ފެނުނު "ވައިކުންތަޕުރުމަލޯ" ގެ ހިންދީ ރީމޭކުންނެވެ. މީގައި ކަތިކް އާއިއެކު ކްރިތީ ސެނޮންވެސް ފެންނާނެއެވެ.

މީގެއިތުރުން ޓީވީ ތަރި "ޖެނިފާ ވިންގެޓް" ބޮލީބުޑަށް ތައާރަފްވާ ފިލްމުގެ ލީޑްރޯލުވެސް އޮތީ ކާތިކް އަތުގައެވެ.