ޚަބަރު

ޖޯޖް ކްލޫނީގެ "ބެޓްމޭން" ކޮސްޓިއުމް ނީލަމުގައި ވިއްކާލަނީ


މީގެ 25 އަހަރު ކުރިން 1997 ވަނަ އަހަރު ރިލީޒްކުރި ސުޕަހީރޯ ފިލްމު "ބެޓްމޭން އެންޑް ރޮބިން" ގައި އެކްޓަރު ޖޯޖް ކްލޫނީ ބޭނުންކުރި ބެޓްމޭން ކޮސްޓިއުމް ނީލަމުގައި ވިއްކައިލަން ހުޅުވާލައިފިއެވެ.

އެމެރިކާގެ މަޝްހޫރު އޮކްޝަން ހައުސް ހެރިޓޭޖް އޮކްޝަނުން މި މަހުގެ 22 ވަނަ ދުވަހު ފަށާ ނީލަމުގައި ކޮސްޓިއުމް ވިއްކާލަން ހުޅުވާފައިވާ އަގަކީ 40،000 ޑޮލަރެވެ. ހެރިޓޭޖުން ބުނި ގޮތުގައި ކޮސްޓިއުމް ވިއްކައިލަނީ އޭގައި އެކުލެވޭ ހުރިހާ ބައިތަކާ އެކީ ފުރިހަމަ ބެޓްމޭން ކޮސްޓިއުމެއްގެ ގޮތުގަ އެވެ.

1995 ވަނަ އަހަރު ދެއްކި "ބެޓްމޭން ފޯއެވާ" ގެ ސީކުއަލް "ބެޓްމޭން އެންޑް ރޮބިން" އަކީ ބޮކްސް އޮފީހުގެ ބޮޑު ފްލޮޕެކެވެ. ފިލްމު ފްލޮޕްވުމުގެ މައިގަނޑު ސަބަބަކީ ކްލޫނީގެ ބެޓްމޭން ކޮސްޓިއުމަށް ބެޓްމޭން ފޭނުންގެ ފާޑުކިޔުންތައް އަމާޒުވެ އަދި އޭގެ ސަބަބުން ފިލްމުގެ ވިޔަފާރިއަށް ބޮޑު އަސަރެއްކުރުމެވެ.

މިކަމާ ގުޅިގެން ފިލްމަށް ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހުނު ހިތްދަތިކަމާއި ފޭނުންގެ ފާޑުކިޔުންތަކާ ގުޅިގެން "ބެޓްމޭން އެންޑް ރޮބިން" ގެ ޑައިރެކްޓަރު ޖޮއެލް ޝުމެކާ ބެޓްމޭންގެ ފޭނުންގެ ކިބައިން އޭގެ އަހަރުތަކެއް ފަހުން މައާފަށް ވެސް އެދުނެވެ.

ފާޑުކިޔުންތަކާ ގުޅިގެން "ބެޓްމޭން އެންޑް ރޮބިން" ގެ ޑައިރެކްޓަރު ޖޮއެލް ޝުމެކާ ބެޓްމޭންގެ ފޭނުންގެ ކިބައިން އޭގެ އަހަރުތަކެއް ފަހުން މައާފަށް ވެސް އެދުނެވެ.

ކްލޫނީ "ބެޓްމޭން އެންޑް ރޮބިން" ގައި ބޭނުންކުރި ކޮސްޓިއުމަކީ ބެޓްމޭން ފިލްމަކަށް ތައްޔާރުކުރި ފަސް ވަނަ ކޮސްޓިއުމެވެ.