ބ. އަތޮޅު އުނޑޫދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި ދެ ބިދޭސީއެއް ދެމެދު މާރަމާރީއެއް ހިނގައި އެކަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 21:57ގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މާރަމާރީގައި އަނިޔާވި އުމުރުން 45 އަހަރުގެ ބިދޭސީ މީހާ އަށް ބ. އޭދަފުށީ ހޮސްޕިޓަލުން މިހާރު އަންނަނީ ފަރުވާ ދެމުންކަމަށެވެ. އަދި އޭނާގެ ހާލު ވަރަށް ސީރިއަސްކަމަށް ފުލުހުން ބުނެއެވެ.
ރޭގެ ވަގުތެއްގައި ހިނގި މި މާރާމާރީއާއި ގުޅިގެން އުމުރުން 43 އަހަރުގެ ބިދޭސީއެއް ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.