ވިޔަފާރި

އޭސީ ފެރީގެ ޚިދުމަތް ފެބްރުއަރީމަހު ފަށަނީ


ހުޅުމާލެއާއި މާލެއާއި ދެމެދު ދަތުރުކުރުމަށް އަލަށް ބަނދެފައިވާ ދެ ފެރީގެ މަސައްކަތް ނިންމާ މޫދަށް ބާލާފައިވާކަމަށާއި، އަދި ފެރީ ދަތުރު ކުރުމަށް ހުއްދަތައް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެއަރކޯން ކުރެވިފައިވާ ދުވެލި ބާރު މި ފެރީތަކުގެ ޚިދުމަތް އަންނަ މަހުގެ މެދުތެރޭގައި ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީގެ ސީ.އީ.އޯ އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ. މި ފެރީތަކަކީ ސަތޭކަ ސާޅިސް މީހުންގެ ޖާގައިގެ ފެރީތަކެކެވެ. މީގެ އިތުރުން ވިލިމާލެއަށްވެސް މި ޑިޒައިންގ ގެ އާ ފެރީތަކެއްގެ ޚިދުމަތް ތަޢާރަފްކުރެއްވުމަށް މަސައްކަތްކުރައްވަމުންދާކަމަށް އެކުންފުނިން ބުނެއެވެ. އަބްދުއްރައްޒާޤު ވިދާޅުވީ މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން އެ ފެރީތަކުގެ ޚިދުމަތް ވިލިމާލެއަށް ލިބިގެންދާނެކަމަށެވެ.  އެމް.ޓީ.ސީ.ސީން މިހާރު ބޭނުންކުރާ ފެރީތަކަކީ ސަތޭކަ އާއި ސަތޭކަ ފަންސަވީސް، ފަސިންޖަރުންގެ ޖާގަހިމެނޭ ފެރީތަކެކެވެ.