ޚަބަރު

"ޝަމްޝޭރާ"ގެ މި ފޮޓޯތަކުން ރަންބީރުގެ ފޭނުންނަށް ހައިރާންކަމެއް


މި މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ ރަންބީރު ކަޕޫރު ލީޑްރޯލުން ފެންނަ ފިލްމު "ޝަމްޝޭރާ"ގެ އައު ފޮޓޯތަކެއް ދޫކޮށްލައިފިއެވެ.

ޔާޝްރާޖް ފިލްމްސްއިން އުފައްދާ މި ފިލްމުގެ މިފަހަރުގެ ފޮޓޯގައި ވަނީ ރަންބީރުގެ ވަރުގަދަ ހަށިގަނޑު ދައްކާލާފައެވެ. ބޮޑު ތުބުޅިއަކާއިއެކު ރަންބީރުގެ ސިކްސް ޕެކް ދައްކާލާފައިވާ މި ފޮޓޯތަކަކީ މި ފިލްމު ރިލީޒްކުރުމުގެކުރިން ދައްކާލާފައިވާ ދެވަނަ ފޮޓޯއެވެ.

"ޝަމްޝޭރާ"ގެ ކެރެކްޓަރ އަށް ފިޓްވުމަށްޓަކާ ރަންބީރުވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ފިލްމުގެ ޑައިރެކްޓަރު ކަރަން މަލޯތްރާ ބުނިގޮތުގައި ރަންބީރުގެ މި ފިޒިކަލް ލުކް ދައްކާލަން މަސައްކަތްކުރިގޮތަށް ފިލްމުގައި އޭނާ ކުޅުނު ރޯލަށްވެސް ރަންބީރު ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

ރަންބީރުގެ މި އައު ފޮޓޯތަކާއެކު އޭނާގެ ފޭނުންނަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ. އާއްމުކޮށް ލޯބީގެ ރޯލުތަކުންނާއި ހެއްވާމަޖާ ރޯލުތައް މީގެ ކުރިން ކުޅެފައިވާ ރަންބީރު، މިހާ ތަފާތުކޮށް ފެނިދާނެކަމަށް ބައެއް މީހުންނަށް ޤަބޫލުކުރަންވެސް ދައްޗެވެ. އަދި މިއީ "ރޮކްސްޓަރ"އާއި "ސަންޖޫ"ގައި ރަންބީރު ފެނުނު ގޮތަށްވުރެއްވެސް އެތައްގޮތަކުން ވަރުގަދަ ރޯލެއްކަމަށްވެސް އޭނާގެ ފޭނުން ބުނެއެވެ.


މި ފިލްމުގައި ރަންބީރު ފެންނާނެގޮތް އެންމެ ފުރަތަމަ ދައްކާލާފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ. މީގެ ޕޯސްޓަރެއް މީގެކުރިން މިދިޔަ މަހު ވަނީ ލީކުވެސްވެފައެވެ.

"އަގްނީޕަތު" ގެ ރިމެކިން ގެނެސްދިން ކަރަން މަލޯތްރާ ޑައިރެކްޓް ކުރާ "ޝަމްޝޭރާ" ގެ ބަޠަލާ އަކީ ވާނީ ކަޕޫރެވެ. ވާނީ މި ރޯލަށް ނެގީ ފިލްމުގެ މި ކެރެކްޓާއަށް ވާނީ ވަރަށް ބޮޑަށް ފިޓްވާތީ ކަމުގައި ވައިއާރްއެފް އިން މީގެކުރިން ވަނީ ބުނެފައެވެ. މިއީ ރަންބީރާއި ވާނީ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

މިމަހުގެ 22 ވަނަ ދުވަހު ސިނަމާތަކަށް ގެންނަ މި ފިލްމުގެ ޓްރެއިލާ ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު ގިނަ ބަޔަކު ތިބީ މި ފިލްމު ބަލާލެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ރަންބީރު އެންމެ ފަހުން ޔާޝްރާޖުގެ ފިލްމަކުން ފެނުނީ މީގެ 9 އަހަރު ކުރިންނެވެ. އެއީ 2009 ގައި ރިލީޒް ކުރި "ރޮކެޓް ސިންގް" އެވެ.

"ޝަމްޝޭރާ" އަކީ 2015 ގައި ރިލީޒް ކުރި ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ "ބްރަދާޒް" އަށް ފަހު ކަރަން ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ. އަދި މިއީ އޭނާ ޔާޝްރާޖުގެ ކުޑަ ދަށުން އުފައްދާ ފުރަތަމަ ފިލްމުވެސް މެއެވެ.

ރަންބީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންހެނުން އާލިއާ ބަޓް އާއިއެކު ފެންނަ "ބްރަމްސްތްރާ" ހިމެނެއެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަޔާން މުކަރްޖީއެވެ. އާލިއާ އާއި ރަންބީރްގެ އިތުރުން ވާނީ ކަޕޫރު އަދި އަމީތާބް ބައްޗަންވެސް މި ފިލްމުން ފެންނާނެއެވެ.

މީގެ އިތުރުން ރެޑީ ވަންގާރް ޑައިރެކްޓްކުރާ ފިލްމު "އެނިމަލް" އަކީވެސް ރަންބީރުގެ ކުރިއަށް އޮތް ފިލްމެކެވެ. އަންނަ އަހަރު ރިލީޒުކުރަން ތާވަލުކޮށްފައިވާ މި ފިލްމުގައި ރަންބީރާއި ޕަރިނީތީ ޗޯޕްރާ އަދި އަނިލް ކަޕޫރުވެސް ލީޑްރޯލުން ފެންނާނެއެވެ.