ޚަބަރު

ސަނީ ޑިއޯލްގެ އައު ފިލްމަކީ "ޗުޕް"


ބޮލީވުޑް ތަރި ސަނީ ޑިއޯލްގެ އައު ފިލްމު "ޗުޕް" ގެ ޓީޒާއެއް ދައްކާލައިފިއެވެ. މިއީ ސައިކޮލޮޖިކަލް ތުރިލާއެކެވެ.

މި ފިލްމަކީ މަޝްހޫރު ތަރި ގުރޫ ދަތަށް ބިނާކޮށްފައިވާ ފިލްމެކެވެ. 1950 ގެ އަހަރުތަކުގެ ކުރީކޮޅު މަޝްހޫރުވި ގުރޫއަކީ ލޯބީގެ ހިތްދަތި ތަޖުރިބާ ތަކަކަށްފަހު މަސްތުވާތަކެއްޗަށް އޯވަޑޯޒްވެގެން މަރުވި ތަރިއެކެވެ. 1964 ވަނަ އަހަރު ގުރޫ މަރުވިއިރު އޭނާގެ އުމުރަކީ އެންމެ 39 އަހަރެވެ.

ގުރޫގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ޕިޔާސާ (1957)، ކާގަޒް ކޭ ޕޫލް (1959)، ޗޯންދުވީ ކަ ޗާންދު (1960) އަދި ސާހިބް ބީވީ އޯރް ގްލާމް (1962) ހިމެނެ އެވެ.


"ޗީނީ ކަމް"، "ކީ އެންޑް ކާ"، "ޕާ" އަދި "ޕެޑްމޭން" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އާރް ބަލްކީ ޑައިރެކްޓުކުރާ މި ފިލްމުގެ ތަރިންގެ ތެރޭގައި ސަނީގެ އިތުރުން ޝްރިޔާ ދަންވަންތަރީ އާއި ދެކުނު އިންޑިއާގެ ތަރި ދަލްގޫރު ސަލްމާނު ހިމެނެއެވެ.

"ޗުޕް" އަކީ 2019 އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ މެމްބަރަކަށް ސަނީ އިންތިހާބުވި ފަހުން ބޮޑު ސްކްރީނަށް އަންނަ އޭނަގެ ފުރަތަމަ ފިލްމެވެ. ސަނީ މިހާރު އަންނަނީ 2001 ގެ "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކުއެލްގެ މަސައްކަތްވެސް ކުރަމުންނެވެ.

ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލާފައިވާ ސަނީ އެންމެ ފަހުން ފެނިފައި ވަނީ 2019 ގެ އެކްޝަން ތުރިލާ "ބްލޭންކް" އިންނެވެ.