ކުޅިވަރު

ފްރިޓްޒް ބަލިކޮށް ނަޑާލް ސެމީއަށް


ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ސްޕެއިންގެ ރަފައެލް ނަޑާލް ޖާގަ ހޯދައިފިއެވެ.

އޭނާ ސެމީން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ޓޭލާ ފްރިޓްޒްއާ ބައްދަލުކުރި މެޗު ފަހަތުން އަރައި ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.

އަނިޔާގެ ސަބަބުން މެޑިކަލް ޓައިމް-އައުޓުވެސް ނަޑާލަށް ނަގަން ޖެހުނު މި މެޗް އޭނާ ކާމިޔާބުކުރީ ފުރަތަމަ ސެޓު ފްރިޓްޒް ތިނެއް ހަޔަކުން ކާމިޔާބުކޮށްފައިވަނިކޮށް، ފަހަތުން އަރައި ހަތެއް ފަހެއް، ތިނެއް ހައެއް، ހަތެއް ފަހެއް އަދި ހަތެއް ހަޔަކުންނެވެ. މި ކާމިޔާބީއާއެކު މި ސީޒަނުގައި ކަލަންޑާ ގްރޭންޑް ސްލޭމެއް ހެދުމަށް ނަޑާލް ކުރާ އުއްމީދު ވަނީ އާވެފައެވެ. މި މުބާރާތުގެ ސެމީފައިނަލްގައި ނަޑާލް ބައްދަލުކުރާނީ އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްއާއެވެ.

މި މުބާރާތުގެ ސެމީފައިނަލުން ކިރްގިއޯސް ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ޗިލީގެ ކްރިސްޓިއަން ގަރިންއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް، ހައެއް ތިނެއް އަދި ހަތެއް ހަޔަކުންނެވެ. މިއީ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސެމީން ކިރްގިއޯސް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.