ވިޔަފާރި

މިއަހަރުގެ މެރިން އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި


މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯގެ ޕާޓްނަރުންނާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއީ މޯލްޑިވްސް މެރިން އެކްސްޕޯ ބާއްވާ 7 ވަނަ އަހަރެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ މޯލްޑިވްސް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ. މިއަހަރުގެ މެރިން އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 4 އިން 6 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާރކްގައެވެ.

މެރިން އެކްސްޕޯގެ ޕާޓްނަރުންނާއިއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޕަމޭލޯ ބައި ލެމަންގްރާސް ރެސްޓޯރަންޓުގައެވެ. މި ރަސްމިއްޔާތުގައި އޮފިޝަލް ހޯސްޓްއަކަށް ހަމަޖައްސާފައިވަނީ އެޗްޑީސީއެވެ. މެރިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ އެމްޓީސީސީއެވެ. އަދި ކޯސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ގަލްފް ކްރާފްޓް މޯލްޑިވްސްއާއި، ޖާލްބޫޓް މޯލްޑިވްސްއެވެ. މީގެއިތުރުންވެސް މި އެކްސްޕޯގެ އިތުރު ޕާޓްނަރުންނާއިއެކު ވަނީ ސޮއިކޮށްފައެވެ.

މި އެކްސްޕޯ އަކީ ދިވެހިރާއްޖެގައި ބާއްވާ އެންމެ ދިގު މުއްދަތެއްވީ އަދި މި ސިނާޢަތުގައި ބާއްވާ އެންމެ ބޮޑު އިވެންޓެވެ. މި އެކްސްޕޯގައި ދިވެހިރާއްޖޭގެ އެންމެ މަޤްބޫލު ބޯޓް ބިލްޑަރުންނާއި، އިންޖީން ބްރޭންޑްތަކާއި، ބައިނަލްއަޤްވާމީ މެރިން ބްރޭންޑްތަކުގެ އިތުރުން ވޯޓަރ ސްޕޯރޓްސްއާއި ޑައިވް ބްރޭންޑްތައް ބައިވެރިވާނެއެވެ.

މި ޝޯވްގެ ތެރެއިން އައު ޕްރޮޑަކްޓްތައް ލޯންޗްކުރުމާއި، ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުންފަދަ ސެޝަންތައް ފޯރުކޮށްދޭ ޕެނަލް ޑިސްކަޝަންތަކުގެ އިތުރުންވެސް އެތައް ހަރާކާތްތަކެއް ކުރިއަށްދާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.